logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރިކަމާ ހަވާލުވިއިރު ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބި: ވަޒީރު

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 08:47
ވެރިކަމާ ހަވާލުވިއިރު ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބި: ވަޒީރު

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބިމަށާއި އެކަމަށް ޚާއްސަކޮށްގެން ފެށި އޮޕަރޭޝަނެއްގައި 2 އަހަރު ތެރޭގައި އެހުރިހާ އެންމެނަށް ފަރުވާދީ ނިންމާފައިވާކަމަށް  ދާޚިލީ މަލާމަތާއިދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށި ނަމަވެސް ހަޤީގީ މާނައިގައި ނަތީޖާ ނެރެދެމުން މިދަނީ އަދުގެ ސަރުކާރުން ކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައްވެސް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެކަށީގެންވާ މިންވަރަށް ގާއިމްކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން ރައީސްގެ އިސްނެންގެވުމާއެކު 3 ރަށެއްގައި މިހާރުވެސް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ކ. ކާށިދޫގައި ފަށައިފިން. ނ. ވެލިދޫގައި ފަށައިފިން. ލ. ގައުމުގައިވެސް ފަށާއިފިން. މިއިންފްރާސްޓްރަކްޗަރ ނިމި ޚިދުމަތް ލިބެން ފެށުމުން އަޅުގަނޑުމެން އެދޭފަދަ ރިހެބިލިޓޭޝާނާއި، ޑިމާންޑް ރިޑަކްޝަން، ހާމް ރިޑަކްޝަންގެ މަސައްކަތްތައް ކުރެވިގެންދާނީ. ވަޒީރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެންމެ އިސްކަންދެނީ އެތަކެތީގެ ވިޔަފާރިތައް ހުއްޓުވައި، ރިހެބިލިޓޭޓް ކުރުމަށް އިސްކަންދީގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބިމަށާއި، އެކަމަށް ޚާއްސަކޮށްގެން ފެށި އޮޕަރޭޝަނެއްގައި 2 އަހަރު ތެރޭގައި އެހުރިހާ އެންމެނަށް ފަރުވާދީ ނިންމާފައިވާކަމަށާއި ޑްރަގްގެ ވަބާގައި ޖެހި މަގުމަތީގައި އުޅެމުންދިޔަ އެކި އުމުރުފުރާގެ 350 ވަރަކަށް މީހުންނަށް ރިމާންޑް ސެންޓެރެއް މެދުވެރިކޮށް ފަރުވާ ދެމުންގެންދާކަން ވަޒީރު ފަހަގަކުރެއްވިއެވެ.

މީގެ އިތުރަށް ތާރީޚުގައިވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ނިމިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، އެމުއްދަތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ދާދިފަހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނަށް އަލިއަޅުއްވާލަަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމިީ ޝަރީއަތުގައި ދެވެން އޮންނ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުންވެސް މި ނުރައްކާތެރިވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެރިކަމާ ހަވާލުވިއިރު ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބި: ވަޒީރު ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ: އިހުސާން ޚަބަރު | 6 ދުވަސް ކުރިންފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ވަޒީރު ޚަބަރު | 2 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 6 މަސް ކުރިން