logo
MPL

MPL

ޚަބަރު

ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ދެއްވި ފުރުސަތަށް މިނިސްޓަރު އިހުސާނުގެ ޝުކުރު ރައީސަށް

މަރިޔަމް މާޙީ
15 އޭޕްރީލު 2026 - 06:19
ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ދެއްވި ފުރުސަތަށް މިނިސްޓަރު އިހުސާނުގެ ޝުކުރު ރައީސަށް

ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ފުރުސަތަށާއި ކުރެއްވި އިތުބާރަށްޓަކައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ" މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން މިނިސްޓަރު އިޙުސާން ވިދާޅުވީ، މި މަގާމަކީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކު ބަލައިގަންނަ މަގާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިފަދަ މަތިވެރި މަސްއޫލިއްޔަތެއް ހަވާލުކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފަ އެވެ.

މިނިސްޓަރު އިޙުސާން ވިދާޅުވީ، މިނިސްޓްރީގެ ގާބިލު އަދި ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރައްވާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. މީގެ އިތުރުން، ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް، އެފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށާއި، ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ރާއްޖެ އެއް ބިނާކުރުމަކީ އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަމުން މިނިސްޓަރު ވިދާޅުވީ، އޭނާގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ގައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުން ގުޅިގެން، ބަދަހި، ރައްކާތެރި އަދި އީޖާދީ މުސްތަގުބަލެއް ބިނާކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުގެ ދަށުން، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 23 ދުވަސް ކުރިންޕެރޯލް ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | މަހެއް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | މަހެއް ކުރިންވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | 2 މަސް ކުރިން