logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕުގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ޣައްޒާގެ ވެރިކަން ދޫކޮށްލަން އެއްބަސްވެއްޖެ

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 05:09
ޓްރަމްޕުގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ޣައްޒާގެ ވެރިކަން ދޫކޮށްލަން އެއްބަސްވެއްޖެ

އިސްރާޢީލުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ފަލަސްޠީނުގެ ޣައްޒާގެ ވެރިކަން ދޫކޮށްލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕުގެ ހުށަހެޅުމުގައި 20 ނުކުތާއެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި، ޔަހޫދީ ނިރުބަވެރި ދައުލަތުން ނުހައްގުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ދޫކޮށްލުމާއެކު، ހަމާސްގެ ބެލުމުގެ ދަށުގައިވާ ޔަހޫދީ ދައުލަތަށް ނިސްބަތްވާ 48 އަސީރުން ދޫކޮށްލުމަށް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ބައިނަލްއަގްވާމީ މިނިވަން ފަރާތެއްގެ ބެލުމުގެ ދަށުން ހަމާސްގެ ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި، ހަމާސްއިން ހަތިޔާރު ބަހައްޓައި، އެ ޖަމާއަށް އުވާލުމަށް ވެސް ޓްރަމްޕް ހުށަހަޅާފައިވެއެވެ.

ޓްރަމްޕުގެ މައިގަނޑު އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ހުވަފެން ފުނޑުފުނޑުކޮށްލުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ މި ހުށަހެޅުންތަކުގެ ތެރެއިން ހަމާސްއިން އެއްބަސްވެފައިވަނީ އަސީރުން ބަދަލުކުރުމާ މެދުގައި އާއި، ޣައްޒާގެ ވެރިކަން ދޫކޮށްލުމަށެވެ. އެހެންނަމަވެސް ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށާއި، ހަތިޔާރު ގުދަންތަކާއި ކޮމާންޑް ސެންޓަރު ފަދަ އަސްކަރީ ތަންތަން ދޫކޮށްލުމަށް ހަމާސްއިން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ އިތުރުން، ޣައްޒާގައި އެހެން ގައުމެއްގެ ސިފައިން ނުވަތަ ބައިނަލްއަގްވާމީ ސުލްހައިގެ ފޯސްއެއް ތިބުމަކީ ހިސާރުކުރުމުގެ އާ ވައްތަރެއް ކަމަށް ދެކި، އެކަމާ ވެސް ހަމާސްއިން ދެކޮޅު ހަދައެވެ.

އެ އެއްބަސްވުމުގައި ހަމާސްއިން ބައެއް މުހިންމު ޝަރުތުތައް ހުށަހަޅާފައިވާއިރު، ޣައްޒާގެ މުސްތަގްބަލާ ގުޅޭ ގޮތުން އަދިވެސް ގިނަ ކަންކަމެއް ސާފުނުވެއެވެ.

ހަމާސްއިން ބުނަނީ ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ އިސްތިގުލާލާ ގުޅޭ ނިންމުންތައް ހައްލު ކުރަން ޖެހޭނީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިންކަމަށެވެ. އަދި ބައިނަލްއަގްވާމީ ޤާނޫނުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ ކޮމިޓީ ހިންގާނީ ވައިޓްހައުސްއިން ބޭނުންވާ ބަޔަކު ލައިގެން ކަމަށާއި، ކޮމާންޑް ދޭނީ ޓޯނީ ބްލެއާ ކަމަށް ވެސް ދުނިޔޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތައް ދެކެއެވެ.

ޓްރަމްޕްގެ މި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވި ނަމަވެސް، ދެފަރާތުގެ މުހިންމު ނުވަތަ ސީރިއަސް ޝަރުތުތަކެއް ހުރިކަމުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި، އެ ސަރަހައްދުގެ މުސްތަގުބަލާމެދު ގޮތެއް ނިމުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނު ބޮޑު ބައްޔާއެކު އިސްރާއީލުން ހާލަންޑަކީ ޓެރެރިސްޓެއް ގޮތުގައި ސިފަކޮށްފިދުނިޔެ | 3 ދުވަސް ކުރިންގާޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެދުނިޔެ | 6 ދުވަސް ކުރިންޣައްޒާ ހާލަތާމެދު ދުވަހަކުވެސް ނުވާ މިންވަރަށް އަރަބިން ވަނީ ފެއިލް ވެފައި: ހަމާސްދުނިޔެ | 8 ދުވަސް ކުރިންޓްރަމްޕުގެ ހުށަހެޅުމަށް އިޖާބަދީ، ޝަރުތުތަކަކާއެކު ޣައްޒާގެ ވެރިކަން ދޫކޮށްލަން އެއްބަސްވެއްޖެދުނިޔެ | 11 ދުވަސް ކުރިން