logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 11:03
ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

 

އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ރަސްމީކޮށް ހަނިމާދޫގައި ފަށައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ދިވެހިރާއްޖޭގައި މިޚިދުމަތް ޤާއިމުކުރެވުނު 34 ވަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތީ އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ. އެކަމަށް އިޖާބަދެއްވައި، ސަރުކާރުން އެންމެ 39 ދުވަހުގެ ތެރޭގައި ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރައްވައި، މިއަދު މި ޚިދުމަތް ރަސްމީކޮށް މިވަނީ ފައްޓަވައިދެއްވާފައެވެ.

މި ޚިދުމަތުގެ ސަބަބުން، ހަނިމާދޫގެ ރައްޔިތުންނަށް އެމީހުންގެ އައިޑީ ކާޑު ސީދާ ރަށުގައި ތިބެގެން ލިބޭނެ މަގު މިވަނީ ފަހިވެފައެވެ. މިކަމުގެ ސަބަބުން އައިޑީ ކާޑު ހެއްދުމަށް އެހެންއަތޮޅުތަކަށް ފޮނުވަން ޖެހުމުގެ ބޭނުން ނެތިދާނެއެވެ. މި ކުރިއެރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކާއި ހަލުވިކަމެއް ލިބިގެންދާނެއެވެ.

މި މުހިންމު ފިޔަވަޅަކީ ކޮންމެއަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ބައެކެވެ.

2024 ނޮވެމްބަރު 17 ގައި މި މަސައްކަތް ފެށުނީއްސުރެ، ރާއްޖޭގެ 20 އަތޮޅެއްގެ34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ކާމިޔާބުކަމާއެކުޤާއިމުކުރެވިފައިވެއެވެ.

ތ. އަތޮޅުގައި، ވިލުފުށި އަދި ވޭމަންޑޫގައި މި ޚިދުމަތް މިހާރު ވަނީ ފެށިފައެވެ. ގުރައިދޫ އަދި ތިމަރަފުށީގައި މި މަހުގެ ނިޔަލަށް މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އއ.އަތޮޅުގައި، މަހިބަދޫގައި މި އަހަރުގެ ކުރީކޮޅު އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުނެވެ. އަދި މާމިގިލީގައި މި މަހުގެ ފަހުކޮޅު މި ޚިދުމަތް ފެށޭނެއެވެ.

މީގެ އިތުރުން، ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް2، އަދި ވިލިމާލޭގައި އައު އޮފީސްތައް ޤާއިމުކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ރަޖިސްޓްރޭޝަން އަދި އައިޑީ ކާޑުގެ ޚިދުމަތްތަކަށް އިތުރަށް ވާސިލުވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން މި އަހަރު މެލޭޝިއާގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ތަޢާރަފުކުރެވުނެވެ. މިކަމުގެ ސަބަބުން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޢުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެކަމުގެ ދަލީލެއް، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ ޚަބަރު | 6 މަސް ކުރިންރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަނީޚަބަރު | 7 މަސް ކުރިން