logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޢުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެކަމުގެ ދަލީލެއް، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފި

ޢައްފާން މުޙައްމަދު
7 އޮކްޓޯބަރު 2025 - 18:46
ވަޢުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެކަމުގެ ދަލީލެއް، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފި

ރައްޔިތުންނަށް ވަޢުދެއް ވެވަޑައިގެންފިނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ވަޢުދެއް ފުއްދަވާނެކަމުގެ ދަލީލު ދައްކަވައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިންމާލައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިމުން ފާހަގަކޮށްފައިވަނީ އދ.އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އަތޮޅުގައި މި ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ހިދުމަތް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ އެރަށުން ޕާސްޕޯޓް ހެދި ފުރަތަމަ މީހާއާ ޕާސްޕޯޓް ހަވާލުކޮށްފައެެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހުރިހާ އަތޮޅެއްގައި ވަނީ އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށައިފައެވެ.

ރާއްޖޭގައި އައިޑީކާޑު ހެދުމަށް އެންމެ ކުރިން ޖެހޭނީ މާލެ އައިސް ކާޑު ހައްދައިގެން ކާޑު ނަގަންވެސް ޖެހޭނީ މާލެއިންނެވެ. ނަމަވެސް 2021 ވަނަ އަހަރު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެންވެސް ކާޑު އަތަށް ލިބެއެވެ. އެހެންނަމަވެސް އޭރުވެސް އައިޑީކާޑު ޕްރިންޓުކޮށް ޕޯސްޓު މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އެރަށެއްގެ ކައުންސިލަށް ފޮނުވަން ޖެހެއެވެ.

ޕާސްޕޯޓުގެ ދޫކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އޮންލައިކޮށް ދޭން ފެށީ، 2020 ވަނަ އަހަރު އެވެ.

އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީ ކާޑު ޚިދުމަތް ހޯދުމުގައި އިތުރަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހާއްސަ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވިއެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އެ ވައުދުފުޅު ފުއްދަވާފައި މިވަނީ ކަނޑައެޅުއްވި ތާރީޚަށް ވުރެ ވެސް ތިން މަސް ދުވަސް އަވަހަށް ކަމެވެ.

މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ އަދި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު މިވަނީ ފުއްދަވާފައެވެ.

މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންފަތުރުވެރިން އިތުރުކުރުމަށް ޖަރުމަނާއެކު ފަހުމުނާމާއެއްޚަބަރު | 3 ގަޑިއިރު ކުރިންޖަރުމަނުން ރަސްމީކޮށް މަރުހަބާ ދެންނެވި ފުރަތަމަ ދިވެހި ރައީސަކަށް ޑރ. މުޢިއްޒުޚަބަރު | 3 ގަޑިއިރު ކުރިންރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިއްޖެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން