logo
MPL

MPL

ޚަބަރު

ފުލުހުންގެ ކެތްތެރިކަމާއި ސާބިތުކަމަށް މަޖިލީހުގެ ރައީސްގެ ތަޢުރީފް

އައިޝަތު ނަޝާއައިޝަތު ނަޝާ
4 އޮކްޓޯބަރު 2025 - 12:28
ފުލުހުންގެ ކެތްތެރިކަމާއި ސާބިތުކަމަށް މަޖިލީހުގެ ރައީސްގެ ތަޢުރީފް

ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް އެ ޕާޓީން ކުރި މަސައްކަތްތަކާ ގުޅިގެން ފުލުހުން ދެއްކި ސާބިތުކަމާއި ކެތްތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތައުރީފު ކުރައްވަައިފިއެވެ. 

ފުލުހުން ދެއްކި ސާބިތުކަމަށް އެމަނިކުފާނު ތައުރީފުކުރައްވާފައިވަނީ އެކްސަގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވަނީ ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

 ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި އެއްވުމެއް ބާއްވަން އިއުލާނުކޮށް، އެ އެއްވުން ބާއްވާނެ ގޮތްތަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށް ވަކި ގޮތަކަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން އެމްޑީޕީން އެއްބަސްވެފައިވަނީ އެ ޕާޓީގެ ހިނގައިލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށްގެންދިއުމަށެވެ. 

ނަމަވެސް އެއްބަސްވުމާ ޙިލާފަށް އެމްޑީޕީން ވަނީ މާލޭގެ މައި އެއް މަގުކަމަށްވާ މަޖީދީ މަގަށް ވަނުމަށް މަސައްކަަތްކޮށްފައެވެ. މަޖީދީ މަގަށް ވަނުމަށް މަސައްކަތްކުރި ކުރުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ބެރިކޭޑުތައް އުކައި، ޝީލްޑުތައް އަތުލައި ހަމަނުޖެހުން ހިންގިއެވެ.

 ނަމަވެސް ފުލުހުންވަނީ ބާރުގެ ބޭނުން މާބޮޑަށް ނުކޮށް އެ އެއްވުން ކޮންޓުރޯލުކޮށް މާލޭގެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދީ ހިފަހައްޓާފައެވެ. 

ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީން ރޭ އަމަލުކުރިގޮތާއިމެދު އަދި އެ ޕާޓީގެ ލީޑަރޝިޕުން އާންމުންނަށް ހިތްވަރުދީގެން، އެ ފަރާތްތައް ލައްވައި ޤާނޫނާ ޚިލާފަށް އަމަލުކުރަން އިރުޝާދުދޭކަމަށް ބުނެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 38 މައްސަލަ، ގެއްލުނު ފައިސާ 3.8 ލައްކައަށްވުރެ މަތީގައިޚަބަރު | 5 ގަޑިއިރު ކުރިންސައިބަރ ކުށްތައް ދެގުނައަށް އިތުރުވެއްޖެ، ގިނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ މައްސަލަތައް: ސީޕީ ޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ސަފުތަކާ އަލަށް ގުޅުނު 133 ފުލުހަކު ހުވާކޮށް އިގުރާރުގައި ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިން