logo
Bank of Maldives

Bank of Maldives

ޚަބަރު

އެދުރުންނަކީ ކޮންމެ ޖީލެއްގެ އެންމެ މަތީ ފަޙުރު: މަޖިލީހުގެ ރައީސް

އައިޝަތު ނަޝާ
5 އޮކްޓޯބަރު 2025 - 09:56
އެދުރުންނަކީ ކޮންމެ ޖީލެއްގެ އެންމެ މަތީ ފަޙުރު: މަޖިލީހުގެ ރައީސް

އެދުރުންނަކީ ކޮންމެ ޖީލެއްގެ އެންމެ މަތީ ފަޙުރު އަދި ކޮންމެ މުޖުތަމައެއްގެ ބިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުން ދާ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.އަދި އެމަނިކުފާނު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ މުދައްރިސުންނަށާއި އެދުރުން އަދި ލެކްޗަރަރ އިންނަށް އަރިސް ކުރައްވައިފައެވެ. މީގެއިތުރުން، އެދުރުންނަކީ ޙަޔާތުގެ އެންމެހައި ރާސްތާތަކެއްގައި ދިރިއުޅުމަށް މަދުދައްކައިދޭ ދަންމަރުކަން ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ތައުލީމީ ދާއިރާއަށް މުދައްރިސުން ގެންނަ އިންގިލާބުގެ އިތުރުން، އެ މީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު ފިކުރުކުރުމުގެ ގޮތުންނެވެ.

ބައިނަލްއަޤްވާމީ މުދައްރިއްސުންގެ ދުވަހާ ގުޅިގެން، ސަރުކާރުގެ އެކި ބޭފުޅުން ސޯޝަލް މީޑިއާ މެދުވެރިކޮށް މުދައްރިއްސުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިޢާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސްޚަބަރު | 12 ދުވަސް ކުރިންޕީއެންސީއަކީ ވޯޓުން ބަލިވީމަ، ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމްޚަބަރު | 19 ދުވަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 4 މަސް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | 5 މަސް ކުރިން