logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި، ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ

އައިޝަތު ނަޝާ
7 އޮކްޓޯބަރު 2025 - 13:08
ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި، ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ

ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ ބާއްވަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ކަނޑައެޅުމަށް ނޮވެންބަރު 16، 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތުގައި، ފުލެޓު ލިބުމަށް ޝަރުތު ހަމަވެ، ނަމަވެސް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުނެގުން މާދަމާ ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ. އަދި މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ޙާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުރު ނެގުން ކުރިއަށްދާނީ މާދަމާގެ 15:00ގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. އަދި ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށްވާއިރު، ގުރު ނެގުމުން އެމީހަކަށް ލިބޭ ފުލެޓު ނަމްބަރު ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

އަދި، ގުރުއަތު ނެގުން ކުރިއަށްދާ މަންޒަރު އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓް ކުރާނެކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ : ވަޒީރު މުއްތަލިބުޚަބަރު | 4 ގަޑިއިރު ކުރިންގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި، ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާޚަބަރު | 3 މަސް ކުރިން