ކުޑަފަރީ އާއި މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ހުޅުވައިފި
10 އޯގަސްޓު 2026 - 06:08

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ނ. ކުޑަފަރީ އާއި ނ. މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި މި ޕާކުތައް ހުޅުވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ހުސައިންއެވެ.

Ad by Hajj Corporation
މި ދެ ރަށުގެ ޕާކާއެކު، ފާއިތުވި ދުވަސްތަކުގައި ނ. އަތޮޅުގެ ޖުމްލަ 5 ރަށެއްގައި ވަނީ ކުޑަކުދިންގެ ޕާކުތައް ބިނާކޮށް ނިންމާފައެވެ. އެއީ ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައި ޤާއިމްކުރި ޕާކުތަކެވެ.
ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 46 ރަށެއްގައި ޕާކުތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގައި ބައިވެރިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއް ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގައި ޕާކު ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.


