logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަސްވާދަ: ރަސްގެފާނުންގެ ލަޝްކަރަށް ހާއްސަ ޖާޒީ ހޯދަން މިއޮތީ ރަނުގެ ފުރުސަތެއް، ތައްޔާރުތަ؟

ޢައްފާން މުޙައްމަދު
7 އޮކްޓޯބަރު 2025 - 13:19
ރަސްވާދަ: ރަސްގެފާނުންގެ ލަޝްކަރަށް ހާއްސަ ޖާޒީ ހޯދަން މިއޮތީ ރަނުގެ ފުރުސަތެއް، ތައްޔާރުތަ؟

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރެވޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުން ދިވެހި ލީގުގައި މި މަހު ކުޅޭ މެޗަށް، އެ ދެ ޓީމުގެ ސަޕޯޓަރުން ތައްޔާރުވުމަށް ހާއްސަ ހަރަކާތެއް ބާއްވަން ތާވަލުކޮށްފިއެވެ.

މެންދުރު ޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، ސަޕޯޓަރުންނަށް ޖާޒީ ވިއްކަން މި މަހުގެ 18 ވަނަ ދުވަހު ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި ހަރަކާތް ބާއްވަނީ މާލޭގައި، އާޓިފިޝަލް ބީޗުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތުގައި، ނިއުއިން އެންމެފުރަތަމަ ގައުމީ ތަށި އުފުލާލިއިރު 1982 ގައި އެ ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި 1985 ވަނަ އަހަރު ވިކްޓްރީން ގައުމީ ތަށި މިލްކުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް ބައިވެރިވާނެއެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބުތަކުގެ ގޮތުގައި އޮތް ނިއުއާއި ވިކްޓްރީގެ އައު މެނޭޖްމަންޓްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ޖާޒީތައް ވިއްކަން ހުންނާނީ 500 ރުފިޔާ އަށެވެ.

މީގެކުރިން ނިއުއިން ވަނީ މި ސީޒަނުގައި އެ ޓީމުން ބޭނުންކުރާ ޖާޒީގެ "ޕްލެޔަރ ވާޝަން" ޖާޒީ ވެސް ވިއްކާފައެވެ. 1000ރ އަށް ވިއްކި އެ ޖާޒީ ޕްރީ އޯޑަރ އަށް ހުޅުވާލިއިރު، ނޫ ލަޝްކަރުގެ ގިނަ ބަޔަކު ވަނީ އެ ޖާޒީ ގަތުމަށް އެދިފައެވެ.

މިފަހަރު އަގު ހެޔޮކޮށް، ސަޕޯޓަރުންނަށް ހާއްސަ ޖާޒީ ވިއްކާއިރު، މިހާރު ވެސް ގިނަބަޔަކު ޖާޒީ ގަތުމަށް އެދެމުންދާކަން އެ ކުލަބުގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ.

މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި، ޖާޒީ ވިއްކުމަށް މި ބާއްވާ އިވެންޓުގައި، 1980 ގެ އަހަރުތަކުގައި އެ ޓީމުތަކަށް ކުޅުނު ކުޅުންތެރިން ބައިވެރިވުން ވެގެންދާނީ، އެ ދެ ކުލަބުގެ ހަގީގީ ސަޕޯޓަރުންނަށް، ދޫކޮށްނުލެވޭ ވަރުގެ ބޮޑު ފުރުސަތެއް ލިބޭނެ ކަމަކަށެވެ.

ރަސްވާދައިގައި 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވިކްޓްރީން ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އެ މެޗަށް ސަޕޯޓަރުންގެ ފޯރު ގަދަކޮށް، މެޗުގެ ފޯރި ގަދަކުރުމަށްޓަކައި ނިއުއާއި ވިކްޓްރީގެ މެނޭޖްމަންޓުން ވެސް އަންނަނީ ހަރަކާތްތަކެއް ހިންގަން ރާވަމުންނެވެ. އެ ހަރަކާތްތަކާ ގުޅޭ އިތުރު ތަފްސީލްތައް، ކުރިއަށް ހުރި ދުވަސްތަކުގައި އެ ކުލަބުތަކުން ހާމަކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 38 މިނިޓު ކުރިންބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިންކުޅިވަރު | 4 ގަޑިއިރު ކުރިންރަސްވާދަ: ސެންޓޭގެ ހެޓްރިކުން ވިކްޓްރީ ބަލިކޮށް ނިއުޜޭޑިއަންޓް ތާވަލުގެ އެއްވަނައަށްކުޅިވަރު | 5 ގަޑިއިރު ކުރިންރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެކުޅިވަރު | ދުވަހެއް ކުރިން