logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި މި ސަރުކާރުން ދެއްކުން: މެމްބަރު އިބްރާހީމް މުހައްމަދުގެ ތަރުޖަމާ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޮކްޓޯބަރު 2025 - 05:46
އެމްޑީޕީން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި މި ސަރުކާރުން ދެއްކުން: މެމްބަރު އިބްރާހީމް މުހައްމަދުގެ ތަރުޖަމާ

އެމްޑީޕީގެ މިދިޔަ ސަރުކާރުގައި، (ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން) 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ (7.7 ބިލިއަން ރުފިޔާ) ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މިހާރުގެ ސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ މަޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވަނީ ފާޑުކިޔުމާއެކު އޭނާގެ ތަރުޖަމާއެއް ހިއްސާކުރައްވާފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

"އެޖެންޑާ 18 ގެ ދަށުން އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި ވަގުންގެ ސަރުކާރުން ބައިތުލްމާލުން ގެއްލުވާލި ފައިސާ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިންގެ ނަމުގައި އަލުން އަނބުރާ ދައްކައިދީ ދިވެހިންނަށް ހެޔޮކަމެއް ކޮށްދީ ދަރަނި ފިލުވައިފި،" މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

 

View post on Twitter

 

މިދަރަނި ދައްކާފައިވާއިރު، ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ ޖުމްލަ 525 މިލިއަން ޑޮލަރު ދައްކައި ހަލާސް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ސުކޫކުގެ ޖުމްލަ އަދަދާ އެކު، އަންނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހެ އެވެ.

އެމްޑީޕީ ވެރިކަން ނިންމާލީ ގައުމުގެ ދަރީންގެ ދަރީންގެ ބޮލުގައި ދަރަނި އެޅުވުމަށްފަހުގައިކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ ބުރަ މި ސަރުކާރުގެ ބޮލުގައި އޮތްއިރު. ރައީސް ޑރ. މުޙައްމަދުގެ ރޭވުންތެރި ސިޔާސަތުގެ ދަށުން މި ދަރަނި ދައްކަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި، އަންނަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުން ތަރައްޤީއަށް ހުރަސްއަޅައި ''ވަސީލަތްތަކުގައި އަތްއެޅީމާ'' ރައްޔިތުން ނިކުންނާނެ: މެންބަރު އިބްރާހިމް މުހައްމަދުޚަބަރު | 16 ދުވަސް ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 22 ދުވަސް ކުރިންހިޔާގެ ލިފްޓުތަކާއެކު އެތަނުގައި އުޅޭ ކޮންމެ ރައްޔިތެއްގެ ޙަޔާތުން ދެ ދުވަސް ސަލާމަތްވެއްޖެ: އިބްރާހިމް މުހައްމަދުޚަބަރު | 2 މަސް ކުރިން ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | އަހަރެއް ކުރިން