logo
Bank of Maldives

Bank of Maldives

ޚަބަރު

2 އަހަރުވީ ހަނގުރާމައިގައި ޣައްޒާއަށް 200،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައިވޭ: ރިޕޯޓް

އާމިނަތު ޝަފާ
13 އޮކްޓޯބަރު 2025 - 10:40
2 އަހަރުވީ ހަނގުރާމައިގައި  ޣައްޒާއަށް 200،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައިވޭ: ރިޕޯޓް

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމު މިއަދު ހުއްޓުމަކަށް ގެނެސްފައިވާއިރު 2 އަހަރުވީ މި ހަނގުރާމައިގައި 200،000 ޓަނަށް ވުރެ ގިނަ ބޮން ޣައްޒާއަށް އަޅާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގެ ގަތުލުއާއްމު ހުއްޓުމަކަށް ގެނެވިފައި ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000 މީހެއްގެ ހަށިގަނޑު ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. ޔަހޫދީންގެ ޢުުދުވާނީ ޙަމަލާތަކުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަނގުރާމައިން ހާސިލުކުރަން ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ގާއިމުވެފައި އޮތް ހަމާސްގެ ވެރިކަން ނައްތާލުމާއި، ހަމާސްއަށް ޕްރެޝަރކޮށްގެން އަސީރުން މިނިވަންކުރުމާއި އެމެރިކާއާ ގުޅިގެން ޣައްޒާގެ ރަށްވެހިން އެމީހުންގެ ވަޒަނުން ބޭރުކުރުން ފަދަ ކަންކަން ހިމެނެއެވެ. އެކަމަކު 735 ދުވަސްވީ ހަނގުރާމަ ނިންމާލަން ޖެހުނީ މިއިން އެއްވެސްކަމެއް ހާސިލުނުކުރެވިއެވެ.

މި ހަނގުރާމަ ކާމިޔާބުކުރަން ޔަހޫދީން ކުރިހާވެސް ކަމަކީ ހަތިޔާރެއް ނެތް އާއްމުންގެ ބޮލަށް ބޮން އެޅުމާއި މުޅި ޣައްޒާ ބަނޑަށްޖެއްސުމާއި އާރެއް ބާރެއްނެތް ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމާއި ރައްކާތެރި ސަރަހައްދުތަކާއި ހަސްފަތާލުތަކާއި މަދަރުސާތަކަށް ބޮންއެޅުމެވެ. އެހެންނަމަވެސް މި ހުރިހާކަމަކުންވެސް ނަތަންޔާހޫ އަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މުޅި މި ހަނގުރާމައިގައި ހޭދަވި 735 ދުވަހުގެ ތެރޭގައި ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކުން ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަހައްދަށް 150 ފަހަރަށް ވުރެ ގިނައިން ބޮންއަޅާފައިވެއެވެ. މީގެ އިތުރުން 600 ދުވަހަށް ވުރެ ގިނަ ދުވަހު ޗެކްޕޮއިންޓްތައް ބަންދުކޮށް، ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްކުރުމަށް ގަސްދުގައި ޔަހޫދީން މަސައްކަތްކޮށްފައިވެއެވެ.

ޣައްޒާގެ 2.3 މިލިއަން ރައްޔިތުންގެ ބޮލަށް ޔަހޫދީން ވަނީ 200،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައެވެ.

މީގެ ސަބަބުން 38 ހަސްފަތާލު، 670 މަދަރުސާ، 165 ޔުނިވަރސިޓީ، 10 ހެލްތް ސެންޓަރު، 835 މިސްކިތް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.

މި ހަނގުރާމައިގައި ޖުމްލަ 70 ބިލިއަން ޑޮލަރުގެ ގެއްލުންތަކެއް ޔަހޫދީން ޣައްޒާއަށް ވަނީ ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2 އަހަރުވީ ހަނގުރާމައިގައި ޣައްޒާއަށް 200،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައިވޭ: ރިޕޯޓް ޚަބަރު | 4 ގަޑިއިރު ކުރިންޣައްޒާގެ އެއް އާއިލާގެ 7 ކުދިން ޝަހީދުކޮށްލައިފި ދުނިޔެ | 10 މަސް ކުރިން