logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގެ އެއް އާއިލާގެ 7 ކުދިން ޝަހީދުކޮށްލައިފި

ސުދާ ލަތީފް
22 ޑިސެމްބަރު 2024 - 05:51
ޣައްޒާގައި ޝަހީދުވި މީހުންގެ އާއިލާއެއް ހިތާމަކުރަނީ
ޣައްޒާގައި ޝަހީދުވި މީހުންގެ އާއިލާއެއް ހިތާމަކުރަނީ

ޔަހޫދީ ސިފައިން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެއް އާއިލާއެއްގެ 7 ކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުކޯށްފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ އުތުރުގެ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތް ކުޑަކުދިންނާއެކު އެއް އާއިލާއެއްގެ 12 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ރެސްކިއު އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޝަހީދުވި ކުދިންގެ ތެރެއިން އެންމެ ދޮށްޓަށް ހުރީ 6 އަހަރުގެ ކުއްޖެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހަމަލާތަކާ ގުޅިގެން އިސްރާއިލު އަސްކަރިއްޔާއިން އޭއެފްޕީއަށް ބުނީ ހަމާސްގެ ޓެރަރިސްޓް ޖަމާއަތަށް ނިސްބަތްވާ އަސްކަރީ އޮނިގަނޑެއްގައި ހަރަކާތްތެރިވަމުން ދިޔަ އެތައް ނިރުބަވެރިންނަށް ހަމަލާދީފައިވާނެ ކަމަށެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއިލު ސިފައިން ދެމުން އަންނަ ހަމަލާތަކުގައި އެތައްބަޔަކު ޝަހީދުވަމުން އަންނަ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާދެމުން ދަނީ ހަމާސް އަށް ނިސްބަތްވާ "ނިރުބަވެރިންނަށް"ކަމަށް އިޒްރާއިލުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. ނުސީރަތު ރެފިއުޖީ ކޭމްޕްގެ މާރުކޭޓް މަގުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ޑްރޯން މިސައިލް ހަމަލާއެއްގައި 8 މީހުން މަރުވެފައިވާ ކަމަށް އަލް އަޤްޞާ ޝަހީދުސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ބެއިޓް ހަނޫންއަށް ދިން ވައިގެ ހަމަލާއެއްގައި ވެސް ހަތަރު މީހަކު ވަނީ މަރުވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ވަނީ ބުނެފައެވެ. މަރުވެފައިވަނީ ދެ އަންހެން ކުދިންނާއި އެކުދިންގެ މައިންބަފައިންނެވެ.

ކަމަލް އަދްވާން ހޮސްޕިޓަލް ކައިރީގައި ބޮން ގޮއްވާލި ގެއެއްގެ ކުނިތަކުގެ ތެރެއިން ވެސް ތިން ބެއިންގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރޭލުގެ ރައީސް އޮސްޓްރޭލިއާ އަށް - އާންމުންގެ ނުރުހުން ދުނިޔެ | 3 ދުވަސް ކުރިންޣައްޒާގައި ވަގުތީ އިމާރާތްތަކެއް ތަރައްޤީކުރަން ޔޫއޭއީއިން ހުށަހަޅައިފިދުނިޔެ | 5 ދުވަސް ކުރިންފަލަސްތީނަށް ތާއީދުކޮށް ސްޓިކާ ހަރުކުރި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއަކަށް އިންޑިއާ ދޫކޮށް ދިއުމަށް އަމުރުކޮށްފިދުނިޔެ | 9 ދުވަސް ކުރިންޣައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި އެތައް ހާސް ފޭލިގެއަކަށް ގެއްލުންވެ، އިންސާނީ ކާރިސާއެއްގެ ބިރު ޚަބަރު | މަހެއް ކުރިން