logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އެންޖީއޯ ބޭން އުވާލުމަށް އދ. އިން ގޮވާލައިފި

ޒިދާން މުޙައްމަދު
3 ޖެނުއަރީ 2026 - 15:55
ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އެންޖީއޯ ބޭން އުވާލުމަށް އދ. އިން ގޮވާލައިފި

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްެރިނުވެވޭ ގޮތަށް އިސްރާއީލުން ކޮށްފައިވާ "ބޭން" އުވާލުމަށް އދ. އިން ގޮވާލައިފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެންޖީއޯތަކުގެ މަސައްކަތަކީ އިންސާނީ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ކޮށްފައިވާ ބޭންގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ލިބުނު ނާޒުކު ކުރިއެރުމަށް ބުރޫ އަރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ވަނީ ހިއުމެނިޓޭރިއަން ގްރޫޕްތަކުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި މަނާކޮށްފައެވެ. އެ އަމުރު ތަންފީޒު ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ތަޖުރިބާކާރުން ވަނީ މިއީ އިންސާނީ އުޞޫލުތަކާ ޚިލާފު އަދި އިންސާނިއްޔަތާ މުޅިން ޚިލާފު ޝަރުތުތަކެއް ކަމަށް ބުނެފައެވެ.

އެހީދޭ ޖަމާއަތްތަކުން ބުނެފައި ވަނީ ފަލަސްތީނުގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު އިސްރާއީލަށް ފޯރުކޮށްދިނުމަކީ އެ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

މި ގްރޫޕްތަކުގެ ތެރޭގައި "ޑޮކްޓާސް ވިތައުޓް ބޯޑާސް" ގެ ބައެއް ޗެޕްޓަރުތަކާއި ނޯވޭޖިއަން ރެފިއުޖީ ކައުންސިލް އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | 2 މަސް ކުރިންޣައްޒާ އާއި ހުޅަނގު އައްސޭރީގައި އެންޖީއޯ ބޭން އުވާލުމަށް އދ. އިން ގޮވާލައިފިދުނިޔެ | 3 މަސް ކުރިން2 އަހަރުވީ ހަނގުރާމައިގައި ޣައްޒާއަށް 200،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައިވޭ: ރިޕޯޓް ޚަބަރު | 5 މަސް ކުރިންޣައްޒާގެ އެއް އާއިލާގެ 7 ކުދިން ޝަހީދުކޮށްލައިފި ދުނިޔެ | އަހަރެއް ކުރިން