logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހެރީކޭންދެ ދެގޯލާއެކު އިނގިރޭސީން ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
15 އޮކްޓޯބަރު 2025 - 05:33
ހެރީކޭންދެ ދެގޯލާއެކު އިނގިރޭސީން ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިންގ ގްރޫޕް ކޭގައި ލެޓްވިއާއާ ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، އިނގިރޭސި ޤައުމީ ޓީމުން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

ލެޓްވިއާގައި ކުޅުނު މި މެޗުގައި އިނގިރޭސި ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ދެ ލަނޑާއެކު ހެރީ ކޭން އިނގިރޭސި ޤައުމީ ޓީމަށް ކުޅުނު 110 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 76 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނެޓުގައި އެންތޮނީ ގޯޑަންއެވެ. އޭގެ ފަހުން ހެރީ ކޭން ޖެހި ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-0 ންނެވެ. ދެވަނަ ހާފުގައި ލެޓްވިއާގެ ޓޮނިޝެވްސްގެ ބައިކޮޅަށް ޖެހި ގޯލަކާއި، އެބެރެޗީ އެޒޭ ޖެހި ލަނޑާއެކު މެޗު ނިމުނީ 5-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅުވުމާއެކު އިނގިރޭސި ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހޯދައި، ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައިވާ އަލްބޭނިއާއަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. މިއާއެކު އިނގިރޭސި ޓީމުން ވަނީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެރީކޭންދެ ދެގޯލާއެކު އިނގިރޭސީން ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 11 ގަޑިއިރު ކުރިން"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | މަހެއް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 7 މަސް ކުރިންޓުޗެލްގެ ފުރަތަމަ މެޗުގައި އިންގްލަންޑް މޮޅުވެއްޖެކުޅިވަރު | 7 މަސް ކުރިން