logo
Bank of Maldives

Bank of Maldives

ޚަބަރު

ނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުން ލިބުނު މީހުންނަށް ބަދަލުދޭން މައުލޫމާތު ހުށަހަޅަން އެދިއްޖެ

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 11:52
ނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުން ލިބުނު މީހުންނަށް ބަދަލުދޭން މައުލޫމާތު ހުށަހަޅަން އެދިއްޖެ

މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ނަސްރު' ބޯޓު މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރާތީ، ގެއްލުން ލިބުނު މީހުން އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހދ. ކުމުންދޫ ކައުންސިލުން އެދިއްޖެއެވެ.

ހދ. ނޭކުރެންދޫގެ 'ނަސްރު' ބޯޓު އަޑިއަށް ދިޔައީ، ޅ. އަޅިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުގައި އޭރު ތިބީ ފަސް ފަޅުވެރިން ކަމަށްވާއިރު، އެ ފަސް މީހުން ބޯޓު އަޑިއަށްދިޔުމުގެ ކުރިން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުމުންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ނޭކުރެންދޫ 'ނަޞްރު' ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ކުމުންދޫ ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެ ކައުންސިލުން ވަނީ އޮންލައިންކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައެވެ. އެ ފޯމުގައި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު ފަދަ މައުލޫމާތުގެ އިތުރަށް، ބޯޓުގައި ހުރީ އެ މީހެއްގެ ކޮން މުދަލެއް ކަމާއި އޭގެ އަގު ބުނެދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކުމުންދޫ ކައުންސިލުން ބުނީ އެ މައުލޫމާތު އެއްކުރަނީ ކައުންސިލުން ތައްޔާރު ކުރަމުންދާ ރިޕޯޓަކަށް ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ހިއްސާ ކުރާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހަމަޖެއްސުން އެއީ އެ އޮތޯރިޓީގެ ފަރާތުން ކުރާކަމެއްކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ވަނީ މި މަހުގެ 20ގެ ކުރިން އެ މައުލޫމާތުތައް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވޭ: އެންޑީއެމްއޭޚަބަރު | 3 ގަޑިއިރު ކުރިންނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުން ލިބުނު މީހުންނަށް ބަދަލުދޭން މައުލޫމާތު ހުށަހަޅަން އެދިއްޖެޚަބަރު | 7 މަސް ކުރިންވީނަސްގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ތިން މީހަކަށް އެހީވެއްޖެޚަބަރު | އަހަރެއް ކުރިންސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ "ވިލުންތެރި20" މަޢުރަޒު ހުޅުވައިފިޚަބަރު | އަހަރެއް ކުރިން