ވީނަސްގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ތިން މީހަކަށް އެހީވެއްޖެ
2 ފެބްރުއަރީ 2025 - 07:43

މ. ވީނަސްގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުން ވީނަސްގޭގައި ދިރިއުޅުނު ތިން މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ވަނީ ކޮށްފައެވެ.

Ad by Hajj Corporation
އެ ޙާދިސާގައި އެ އިމާރަތަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
އިއްޔެ މި ހާދިސާ ހިނގީ އެ ގޭގެ ހަތްވަނަ ފަންގިފިލާގައެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ އިއްޔެ މެންދުުރު 13:38 ހާއިރުއެވެ. އެ އަލިފާންގަނޑު އިތުރަށް ފެތުރުނުނަ ނުދީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފް އިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.


