logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ނަޝާ
18 އޮކްޓޯބަރު 2025 - 13:57
އެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގިނަ ދާއިރާތަކެއް ހިމެނޭހެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. 

އެމްޕީއެލް އިންޓާންޝިޕް ފުރުސަތު ހުޅުވާލީ އޮކްޓޫބަރު 16 ވަނަ ދުވަހެވެ. އެމްޕީއެލްއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޝައުގުވެރިވާ ފަރާތްތަކުން އިންޓާންޝިޕްގައި ބައިވެރިވުމަށް އޮކްޓޫބަރު 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އިންޓާންޝިޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 އިން ޑިސެމްބަރު 16 ގެ ނިޔަލަށެވެ. އެއް މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ނުވަ ދާއިރާއެއް ވަނީ ހިމަނައިފައެވެ. އިންޓާންޝިޕްގައި ހިމަނާފައިވާ ދާއިރާތަކަކީ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެޑްމިނިސްޓްރޭޝަން، ފިނޭންސް، އައިޓީ، ޕްރޮކިއުމަންޓް، މެރިން އިންޖީނިއަރިން، މެކޭނިކަލް އިންޖީނިއަރިން، އިލެކްޓްރިކަލް އިންޖީނިއަރިން އަދި ސިވިލް އިންޖީނިއަރިންއެވެ. 

އެމްޕީއެލްއިން ބުނީ އިންޓާންޝިޕްގައި ބައިވެރިވެވޭނީ ގްރޭޑް 10 ފުރިހަމަކޮށްފައިވާ އަދި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. 

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންދާނީ ތަޖުރިބާކާރު ޓީމަކުންނެވެ. އަދި ޕްރޮގްރާމްގައި ކެރިއަރ ގައިޑެންސް ސެޝަންތަކާއި ހުނަރު ތަރައްޤީކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުނަރު ތަރައްޤީކުރުމަށް ގެންދާ ސެޝަންތަކުގެ ތެރޭގައި ވިޔަފާރި ލިޔުންތައް ތައްޔާރުކުރުމާއި މައިކްރޯސޮފްޓް ވޯޑާއި އެކްސެލް އަދި ޕަވަރޕޮއިންޓް ސެޝަންތަކާއި ކޮމިއުނިކޭޝަންގެ އިތުރުން ފަސްޓް އެއިޑް އަދި ފަޔަރ ސޭފްޓީގެ ސެޝަންތައް ހިމެނޭނެއެވެ. 

އިންޓާންޝިޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3039638 ނުވަތަ 3039636 ނަންބަރު ފޯނަށް ގުޅުމަށް އެ ކުނަފުނިން ވަނީ އެދިފައެވެ. 

އެމްޕީއެލްއިން އިންޓާންޝިޕް ފުރުސަތު ހުޅުވާލިއިރު، އެމްޕީއެލްގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް މުހިއްމު ގިނަ ބަދަލުތަކެއް ސަރުކާރުން އަންނަނީ ގެންނަމުންނެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކުރިޚަބަރު | މަހެއް ކުރިންއިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި ޚަބަރު | 10 މަސް ކުރިން