logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޅުވާލައިގެން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް

އާމިނަތު ޝަފާ
20 އޮކްޓޯބަރު 2025 - 05:33
އޮޅުވާލައިގެން  400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް

ސަރުކާރުގެ އިދާރާއަކާ ކުރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ދައުލަތުގެ 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް ފެންަތިވެއްޖެއެވެ.

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ޙީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭކަމަށް އޮޑިޓުން ދެއްކުމާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކާމެދު ތަހުގީގު ހިންގައި، ފިޔަވަޅު އެޅުމަށް ބަންޑާރަނައިބު ވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާ ދެއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓް އޮފީހުން މި މައްސަލަ ފެންމަތިކޮށްފައިވާއިރު މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކުރިން ހިންގަމުން ގެންދިޔަ އެމްއެސްއަށް ސެންޓަރ އެންޓަރޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްއާއި ކޮންސިއުމަބްލްސްގެ އަގަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށް ބުނެ، އެ ކުންފުނިން ފޯރުކޮށްދިންކަމަށް ބުނާ ތަކެތީގެ އަގަށްވާ 2,011,511 (ދެމިލިއަން އެގާރަހާސް ފަސްސަތޭކަ އެގާރަ) ޑޮލަރު (31,017,499 ރުފިޔާ) އާއި އެ ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި ހޯދަންއެދޭ ފައިސާގެ ގޮތުގައި ޖުމުލަ 3,137,940 (ތިންމިލިއަން އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ ސާޅީސް) ޑޮލަރު (48,387,035 ރުފިޔާ) އާއެކު، މުޅި ޖުމުލަ 5,149,451 (ފަސްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ހަތަރުސަތޭކަ ފަންސާސް އެކެއް) ޑޮލަރު (79,404,534 ރުފިޔާ) ހޯދުމަށް ސިވިލް ކޯޓަށް 07 ފެބުރުވަރީ 2022 ގައި ދަޢުވާ ހުށަހަޅާފައިވެއެވެ.

މި މައްސަލާގައި އެންމެ ހައްސާސް ކަމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކޯޓަށް ހުށަހެޅި އެންމެ މުހިންމު ލިޔުންތައް އަސްލު އޮޅުވާލައިގެން ހުށަހަޅައިފައި ވުމުގެ މައްސަލައެވެ. ހިދުމަތް ހޯދުމަށް ކުރި މުއާމަލާތުގައި ތަކެއްޗާއި ހިދުމަތް ލިބުނުކަމަށް އެކުންފުންޏަށް ލިބުނު ލިއުންތަކުގައި ސޮއިކޮށްފައިވާ މުއައްޒަފަކީ އެ އިދާރާގައި ދުވަހަކުވެސް މަސައްކަތްކޮށްފައިވާ މީހެއް ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

 ކޯޓަށް ހުށަހެޅި ހުރިހާ މައްސަލަތަކުން ޖުމްލަ 410.4 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން ވަނީ ދައުވާކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ޑީއެމްއެސްއަށް ސަޕްލައިކޮށްދިންކަމަށް ބުނާ 20 އައިޓަމްގެ ތެރެއިން 6 އައިޓަމް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެކުންފުނިން ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން ބޭންކް ގެރެންޓީއެއްގެ ގޮތުގައި އެކުންފުނިން ކޯޓަށް ހުށަހެޅި ލިޔެކިޔުމަކީވެސް އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ވުމާއެކު އެމް.އެސް.އެލް އެންޓަރޕްރައިސަސް ސެންޓަރ އިން 2008 ވަނަ އަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށް ބުނެ ފައިސާ ހޯދުމަށް 07 ފެބުރުވަރީ 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިޔުންތަކަކީ، ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީއާއި، އުފައްދާފައިވާ ޞައްޙަނޫން ލިޔުންތަކެއް، ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހަޅައިގެން، ދައުލަތަށް ފޯރުކޮށްނުދޭ މުދަލަކަށް މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާކަމަށް ބެލެވޭތީ އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާއި އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލައިގެ ޖިނާޢީ ތަޙުޤީޤެއްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އޮޑިޓް ރިޕޯޓުގައިވަނީ ލަފާދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަތީތައުލީމަށް ދޫކުރި ލޯނުތަކުން 191 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓްޚަބަރު | 2 މަސް ކުރިންއޮޅުވާލައިގެން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއްޚަބަރު | 2 މަސް ކުރިންއޮޑިޓް އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ފާސްކޮށްފިޚަބަރު | 2 މަސް ކުރިންއަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 143 މިލިޔަންގެ ބަޖެޓެއްޚަބަރު | 2 މަސް ކުރިން