logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް

އައިޝަތު ނަޝާ
20 އޮކްޓޯބަރު 2025 - 08:10
އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ) އިން ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

"ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން"ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި މިއަދު ފެށި މި ތަމްރީން ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާމެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ.އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމް ތަކަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މި ތަމްރީން ކޯހާއި ވޯކްޝޮޕުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން, ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތައް, އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދޭނެއެވެ.

މި  ތަމްރީން ކޯހާއި ވޯކްޝޮޕަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި މެދުމިނުގެ އުސޫލުތައް ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރިކޮށް, ތައުލީމީ ދާއިރާ އާއި ތައުލީމީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އައިއެމްސީޓީސީ ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ ފަހުރިވެރިވޭ: ވަޒީރު އިޙްސާންޚަބަރު | 3 ގަޑިއިރު ކުރިންއައިއެމްސީޓީސީން ރާއްޖޭގައި ދެ އަސްކަރީ ޕްރޮގްރާމެއް އިފްތިތާހްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްޚަބަރު | މަހެއް ކުރިންހަރުކަށި ފިކުރާ ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ޚަބަރު | 2 މަސް ކުރިން