logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އެހީތެރިވުމުގައި ޗައިނާ ދެމިއޮންނާނެ: ސަފީރު ވަން

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ސެޕްޓެމްބަރު 2024 - 16:30
ރާއްޖެއަށް އެހީތެރިވުމުގައި ޗައިނާ ދެމިއޮންނާނެ: ސަފީރު ވަން

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅު ދައްކަވަން ސަފީރު ވަން ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުން ޤާއިމްކުރިތާ 52 އަހަރު ވެފައިައިވާއިރު، މި ގުޅުމަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވެފަވެއެވެ.

ސަފީރު ވަން އިތުރަށް ވިދާޅުވީ، މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ތަރައްޤީގެ ރޮނގުން ރާއްޖެއަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ސިނަމާލެ ބްރިޖާއި، ގެދޮރުވެރިކަމުގެ އެކި މަޝްރޫޢުތަކުގެ އިތުރުން ވެލާނާ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ގުޅުމުގެ ތެރެއިން ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރޭވިފައިވާކަން ފާހަގަކޮށް، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވެސް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން މިއަދު ވިދާޅުވެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 2 މަސް ކުރިންޗައިނާއިން ރައީސް ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއްޚަބަރު | 2 މަސް ކުރިން ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއްޚަބަރު | 2 މަސް ކުރިންޗައިނާ ސަފީރު ، ނައިބް ރައީސްއާއި ބައްދަލުކުރަވައިފިޚަބަރު | 5 މަސް ކުރިން