logo
MPL

MPL

ޚަބަރު

ޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ: މިނިސްޓަރ ސައީދު

މުޙައްމަދު އަފްރާޙް
20 އޭޕްރީލު 2026 - 13:28
ޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ: މިނިސްޓަރ ސައީދު

ޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޕްރިލް 20 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ރިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރ ވަނީ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޑީއައި) އިން ފުރުސަތު ލިބެނީ ޗައިނާގެ ފަރާތްތައް ރާއްޖެ އައިސް ވިޔަފާރިކުރުމަށް އެކަނިތޯ އާއި ރާއްޖޭގެ ކުދި ވިޔަފާރިތައް ކަމަށްވާ ރެސްޓޯރެންޓު ފަދަ ވިޔަފާރިކުރާ ފަރާތްތަކަށް ޗައިނާ އަށް ގޮސް ވިޔަފާރި ކުރުމުގެ ފުރުސަތު ނެތްތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ސައީދު ވަނީ މިއީ ވަރަށް މުހިންމު ސުވާލެއްކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާ އަކީ ދުނިޔޭގެ އެންމެބޮޑު ބާޒާރުކަމަށާއި އެންމެކުރިއަރަމުން އަންނަ އިކޮނޮމީ ކަމަށެވެ. އަދި އެ އިކޮނޮމީގައި އެކި ސިޓީތަކާއި އެކި ޕްރޮވިންސްތަކުގައި އެކިތަންތަނުގައި ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން 296 ސީފުޑް އައިޓަމް ދުނިޔޭގެ ކޮންމެތާކުން ގެނެސް ރާއްޖެއިން ފޮނުވި ކަމަށްވިޔަސް 'ސުން ޕަސެންޓު' ގައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދުނިޔޭގެ ވަރަށް މަދު ގައުމަކަށް ނޫނީ ލިބިފައިވާ ފުރުސަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު 'އަސްދަނޑިން ބޭރަށް' ވިސްނުން ގެންދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ވެސް ވިދާޅުވާ ކަމަށާއި ގްލޯބަލައިޒްޑް ދުނިޔޭގައި ޕްރޮގްރެސިވް ވިސްނުމެއްގައި މިކަން ކުރަނީ ޕީއެންސީ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ވާދަވެރި ފަރާތްތަކަށް ވެސް އިންވައިޓްކުރައްވާ ކަމަށާއި އިތުރު އިންޕުޓް ލައިގެން ކުރިއަށް ގެންދެވޭނެ ކަމަށްވާނަމަ، އެކަން ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސްޚަބަރު | 13 ދުވަސް ކުރިންމޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 14 ދުވަސް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 23 ދުވަސް ކުރިންވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިން