logo
Bank of Maldives

Bank of Maldives

World

އިސްރާއީލުން ލުބުނާނަށް އެއްގަމު މަގުން ވަދެގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޮކްޓޯބަރު 2024 - 01:59
އިސްރާއީލުން ލުބުނާނަށް އެއްގަމު މަގުން ވަދެގެންފި

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހުއްޓުމެއްނެތި ދިން ވައިގެ ހަމަލާތަކަށްފަހު އެ ގައުމުގެ ދެކުނުން އިސްރާއީލު ސިފައިން އެއްގަމު މަގުން ވަދެގެންފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގެ ދެކުނުގެ އަވަށްތަކުގައި ފިލާ ތިބި ހިޒްބުﷲ ޖަމާއަތުގެ މީހުންނަށް އަމާޒުކޮށް، އެއްގަމުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެއްގަމު މަގުން އިސްރާއީލުން ލުބްނާނަށް އެރިއިރު، ބޭރޫތުގެ އިތުރުން ދެކުނުގެ އަވަށްތަކަށްވެސް އިސްރާއީލު ސިފައިން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ހަމަލާތަކުގައި 130 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އދ އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އެހެންނަމަވެސް އިސްރާއީލުން ބުނަނީ ހިޒްބުﷲ ޖަމާއަތުގެ ނުރައްކާ ނައްތާލުމަށް ޓަކައި މި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ލުބުނާނުގެ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިފައެވެ. އަދި އިސްރާއީލުގެ މި ޢަމަލުތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 4 މަސް ކުރިން"ލުބުނާނަށް ދެމުންދާ ޙަމަލާތަކަކީ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއް"ދުނިޔެ | 5 މަސް ކުރިންއިސްރާއީލުން ލުބްނާނަށް އިތުރު ސިފައިން ފޮނުވާ، ހަނގުރާމަ ފުޅާކުރަނީދުނިޔެ | 5 މަސް ކުރިންއޭރުވެސް މިހާރުވެސް ޔަހޫދީން ދައްކަނީ މުނާފިގުކަން: އެއްބަސްވުމާ ޚިލާފުވެ ލުބްނާނަށް އަނެއްކާވެސް ހަމަލާދީފި ދުނިޔެ | 8 މަސް ކުރިން