logo
ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ފޮނަދޫ އައިޔޫއެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 05:08
ފޮނަދޫ އައިޔޫއެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އައި.ޔޫ.އެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ފޮނަދޫގައި ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

3127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫއަކީ، ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މިއަދު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ދަރިވަރުންނަށް ލިބޭނެއެވެ. މިއީ، ތައުލީމީ ފުރުޞަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވާނޭ ކަމެކެވެ. އަދި އާ ތަޢުލީމީ ޖީލެއް ބިނާ ކުރުމަށް، ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢުގެ ދަށުން 3911.92 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މައި އިމާރާތެއް ކުރާނެއެވެ. އަދި 1970-76 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގައި މިސްކިތަކާއި، ވުޟޫ ކުރާ ބައެއް ހަދާނެއެވެ. މީގެ އިތުރުން، 1571.53 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މުވައްޒަފުން ތިބޭނެ ބަޔަކާއި 7836.12 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގައި މުނިފޫހި ފިލުވާނެ ބަޔަކާއި، ޖިމަކާއި ކެފެޓޭރިއާއެއް ހަދާނެއެވެ. މި މަޝްރޫޢުއަކީ، 17.60 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'އައިޔޫއެމް ލީގަލް ކްލިނިކް': އާންމުންނަށް ގާނޫނީ އެހީތެރިކަން ހިލޭޚަބަރު | 5 ގަޑިއިރު ކުރިންމާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 5 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 18 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 2 މަސް ކުރިން