logo
Bank of Maldives

Bank of Maldives

ޚަބަރު

މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފި

އައިމިނަތު މޫސާ
21 އޮކްޓޯބަރު 2025 - 05:23
މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފި

މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކޮށް އެކަމަށް އެދި ހުށަހަޅަން ހުޅުވާލައިފިއެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖެންޑަރ އީކުއަލިޓީގެ ގާނޫނުގެ މައިގަނޑު އަމާޒަކީ އިދާރާތަކުގެ މަސައްކަތްތައް މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކޮށް ކުރިއަށް ގެންދިއުމެވެ. މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައި އިދާރާތަކުގެ މަސައްކަތްތައް މެއިންސްޓްރީމްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެފައިވަނީ "ހަމަހަމަކަން ކަށަވަރު" ނިޝާން ދޫކުރެވޭނީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑްއެވެ. މި ނިޝާން ހޯދުމުގެ ފުރުސަތު ލިބިގެންދާނީ ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިދާރާތަކަށެވެ.

މި ނިޝާން ހޯދުމަށް އެދޭ ފަރާތްތަކުން ގެޒެޓްގައި ޝާއިއުކޮށްފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް އެ ވުޒާރާ އަށް ފޮނުވަންޖެހޭނެއެވެ. އަދި ނިޝާނުގެ މިންގަނޑުތައް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިއުލާންގައިވެއެވެ.

މި ނިޝާނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިންތީގެ "ހަމަހަމަކަން ކަށަވަރު" ނިޝާން ހޯދުމަށް ހުށަހަޅަން ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ ޚަބަރު | 3 މަސް ކުރިންގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ ޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފިޚަބަރު | 5 މަސް ކުރިން