logo
ޚަބަރު

ގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ

ގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ

މި އަހަރުގެ މެއި މަހުގެ ނިޔަލަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ގެވެށި އަނިޔާގެ ޖުމްލަ 33 މައްސަލަ ހުށަހަޅައިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ ތަފާސް ހިސާބު ދައްކާގޮތުން، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 17 މައްސަލައެއްވަނީ ރިޕޯޓުކޮށްފަވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސް ހިސާބު ދައްކާ ގޮތުން މައްސަލައިގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 01 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 16 މައްސަލައެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައ،ި ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ވެސް ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

އަދި ޖިންސީ ހާނިކަކުރުމުގެ 01 މައްސަލައާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 01 މައްސަލައާއި، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލައިގެ އިތުރުން، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއި ގުޅޭ 01 މައްސަލަ ވަނީ މިއަހަރު މެއި މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފަ ވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 06 މައްސަލައެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ ޚަބަރު | މަހެއް ކުރިންގެވެށި އަނިޔާގެ 33 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވޭ ޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފިޚަބަރު | 3 މަސް ކުރިންޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބޭނެޚަބަރު | 3 މަސް ކުރިން