logo
MPL

MPL

ޚަބަރު

ޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

ޒިދާން މުޙައްމަދު
18 ޖެނުއަރީ 2026 - 16:18
ކުޑަގިރި
ކުޑަގިރި

ސަރުކާރުން ހިންގާ ޕިކްނިކް އައިލެންޑް ޤާއިމުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ރައްޔިތުން ހިތްހަމަޖެހިލާ ޢައިލާއާއެކު ދަތުރުދާނެ ސަރަޙައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ރައްޔިތުންނާ ގާތަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ރަށްރަށުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހިއްސާކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެފަދަ ޕިކްނިކް އައިލެންޑްތަކެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ދިރާސާތައް ކުރާނެކަމަށް އޭރު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަސައްކަތް ބަލަހައްޓަމުން ދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން މިހާރުވަނީ ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފަައެވެ. ބީލަން ހުށައެޅުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އީޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރވާންޖެހެއެވެ. އަދި 25 ޖެނުއަރީ ވަ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން bid@msfd.gov.mv އަށް އީމެއިލް ކުރުމަށްވަނީ އެދިފައެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ އަންދާސީ ހިސާބު ހުށައެޅުމުން ފުރުސަތު 28 ޖެނުއަރީވާ ބުދަދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެފުރުސަތު އޮންނާނެކަމަށް އެވުޒާރާއިން ބުނެއެވެ.

ރާއްޖޭގެ އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށާއި މުޖުތަމަޢުގެ ތެރޭގައި އޮންނަ ގުޅުންތައް ވަރުގަދަކޮށް ޢައިލީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކުރުމަށް ބާރުއެޅުމަށް ސަރުކާރުގެ އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ޚާއްސަ އިސްކަމެއްދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، މާލެ ސަރަޙައްދުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކި މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 16 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން