logo
ތިން ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ސައުދީއާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް އެއްބަސްވުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޮކްޓޯބަރު 2024 - 02:12
ސައުދީއާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ކޮމާސް، މަޖީދު ބިން އަބްދުالله ބިން އުސްމާން އަލްޤަޞާބީއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށާއި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މިއެއްބަސްވުމުގައި ސޮއިކުރެވުނުކަން ހާމަކުރަށްވައި، ސައުދީ އަރަބިއްޔާގެ ކޮމާސް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރައްވައި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދީ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިގްތިސާދީ ގޮތުން ދެ ގައުމަށް ފައިދާ ހޯދައިދޭނެ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތްތައް އތައް އިތުރުވެ، އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤުރުއާނުގެ ހަތަރު މުޞްޙަފެއް އަތުން ލިޔުއްވި އުޘްމާން ޠާހާ ވަލީއަހްދު މުހައްމަދު ބައްދަލުކުރަށްވައިފިދުނިޔެ | 5 ގަޑިއިރު ކުރިންއެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދުޚަބަރު | ދުވަހެއް ކުރިންއައިލާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނަން ލިބުނު ފުރުޞަތެއް: ސައީދުޚަބަރު | 24 ދުވަސް ކުރިން ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފިޚަބަރު | 2 މަސް ކުރިން