logo
Bank of Maldives

Bank of Maldives

ޚަބަރު

ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކުލަގަދަ ޙަފްލާއާއެކު ފިލްމް "އިލްޒާމް" ޕްރިމިއާރ ކޮށްފި 

އަޙްމަދު ޒަލީފް
21 އޮކްޓޯބަރު 2025 - 06:29
ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކުލަގަދަ ޙަފްލާއާއެކު ފިލްމް "އިލްޒާމް" ޕްރިމިއާރ ކޮށްފި 

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ ފިލްމް "އިލްޒާމް" ރޭ ޕްރިމިއާރ ކޮށްފިއެވެ.

ކުލަގަދަ ޙަފްލާއަކާއެކު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ބްރޮޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީޤުއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމްގައި ހިމެނޭ ގިނަ ތަރިން ރޭގެ ރެޑްކާޕެޓުން ފެނިގެން ދިޔައެެވެ. ފިލްމް ޕްރިމިއާރ ކުރުމުގެ ޙަފްލާގައި "އިލްޒާމް"ގެ ޕްރޮމޯޝަނަލް ލަވައެއް ފެނިގެން ދިޔައިރު، މި ލަވައިގެ ނެށުން ހުށަހަޅައިދިނީ ހިޔަލަ ޑާންސް ގުރޫޕުގެ ފަރާތުންނެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީޢު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ. މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާރ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ. 

17 އޮކްޓޯބަރގެ ކުރިން ޓިކެޓް ނެގި ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތަށް ރޭ ވަނީ އައިފޯނު 17 ހަވާލުކޮށްފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެންވެސް ބުނީ ވަރަށް ސަޅިއޭ! އިލްޒާމްގެ އިތުރު ޝޯތަކެއް ހުޅުވާލައިފި ޚަބަރު | 5 ގަޑިއިރު ކުރިންފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކުލަގަދަ ޙަފްލާއާއެކު ފިލްމް "އިލްޒާމް" ޕްރިމިއާރ ކޮށްފި ޚަބަރު | 5 ދުވަސް ކުރިންއިލްޒާމްގެ ޓިކެޓް ވިއްކަން މިއަދު ފަށަނީޚަބަރު | މަހެއް ކުރިން