logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫއްޕެގެ ބޮލުގައި މިވަރުގެ ބޮޑު އިލްޒާމެއް އެޅުވީ ކާކު؟

އަޙްމަދު ޒަލީފް
2 ނޮވެމްބަރު 2025 - 09:57
—

މިއަހަރުގެ މިހާތަނަށް އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެނަށް ކަމުދިޔަ "އިލްޒާމް"ގެ ވަދާއީ ޝޯތަކަށް ހުޅުވާލައިފިއެވެ.

އޮލިމްޕަހުގައި އެޅުވި ގިނަ ޝޯތައް ހައުސް ފުލްވެފައިވާއިރު، ފިލްމުގެ ވަދާއީ ޝޯތައް އެޅުވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރ 2،3 އަދި 4 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުގެ ތާރީހެއްގައި މިހާތަނަށް ބޭއްވި އެންމެ ކުލަގަދަ ޕްރިމިއާރ ހަފްލާއަށްފަހު މި ފިލްމު ބެލުމުގެ ޝައުގުވެރިކަން ބެލުންތެރިންގެ މެދުގައި ވަނީ އިންތިހާއަށް ގަދަވެފައެވެ.

މި ފިލްމް ބެލި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް، މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) މި ސްކްރީން ޕްލޭއަކީ މިހާތަނަށް ފެންނަ އެންމެ ތަފާތު ސްކްރީން ޕްލޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި އެޅުވުމަށްވެެސް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.

މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫއްޕެގެ ބޮލުގައި މިވަރުގެ ބޮޑު އިލްޒާމެއް އެޅުވީ ކާކު؟ ޚަބަރު | 6 ދުވަސް ކުރިން އެންމެންވެސް ބުނީ ވަރަށް ސަޅިއޭ! އިލްޒާމްގެ އިތުރު ޝޯތަކެއް ހުޅުވާލައިފި ޚަބަރު | 13 ދުވަސް ކުރިންފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކުލަގަދަ ޙަފްލާއާއެކު ފިލްމް "އިލްޒާމް" ޕްރިމިއާރ ކޮށްފި ޚަބަރު | 18 ދުވަސް ކުރިންއިލްޒާމްގެ ޓިކެޓް ވިއްކަން މިއަދު ފަށަނީޚަބަރު | މަހެއް ކުރިން