logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެންވެސް ބުނީ ވަރަށް ސަޅިއޭ! އިލްޒާމްގެ އިތުރު ޝޯތަކެއް ހުޅުވާލައިފި

އަޙްމަދު ޒަލީފް
26 އޮކްޓޯބަރު 2025 - 10:11
—

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ ދިވެހި ފިލްމް އިލްޒާމް މިހާރު އޮލިމްޕަހުގައި ދައްކަމުން ދާއިރު، މިހާތަނަށް މި ފިލްމް ބެލި އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ.

ފިލްމު ބެލުމަށް ގިނަ ބަޔަކު އެދެމުން އަންނާތީއާއި، ފިލްމްގެ ޓިކެޓަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާތީ، މި ފިލްމްގެ އިތުރު ޝޯތަކެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބުރާސްފަތި އަދި ހުކުރު ދުވަހުގެރޭގެ ދަންވަރު ޝޯތަކާއި، ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައިވެސް ޝޯއެއް އެޅުވުމަށް މިހާރު ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި އެޅުވުމަށްވެެސް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.

މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ޓިކެޓް ނެންގެވުމަށް: 7732010


 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެންވެސް ބުނީ ވަރަށް ސަޅިއޭ! އިލްޒާމްގެ އިތުރު ޝޯތަކެއް ހުޅުވާލައިފި ޚަބަރު | 3 ގަޑިއިރު ކުރިންފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ކުލަގަދަ ޙަފްލާއާއެކު ފިލްމް "އިލްޒާމް" ޕްރިމިއާރ ކޮށްފި ޚަބަރު | 5 ދުވަސް ކުރިންއިލްޒާމްގެ ޓިކެޓް ވިއްކަން މިއަދު ފަށަނީޚަބަރު | މަހެއް ކުރިން