logo
Bank of Maldives

Bank of Maldives

ޚަބަރު

"އިލްޒާމް" އިން ދޭން ބޭނުންވި މެސެޖު ބެލުންތެރިން ބަލައިގެންފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 12:32
"އިލްޒާމް" އިން ދޭން ބޭނުންވި މެސެޖު ބެލުންތެރިން ބަލައިގެންފި

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ ފިލްމް "އިލްޒާމް" އިން މުޖުތަމައަށް ދޭން ބޭނުންވީ މެސެޖު ބެލުންތެރިން ބަލައިގެންފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު އަބްދުﷲ (މުހައްމާ) ބުނެފިއެވެ.

ކުލަގަދަ ޙަފްލާއަކާއެކު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ބްރޮޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީޤުއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި ފިލްމުގައި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަންމާއި އޭގެ ސަބަބުން ކުރާ އަސަރުތައް ދައްކަުވައިދީފައިވަނީ ވަރަށް ފުރިހަކޮށްކަމަށް ފިލްމު ބެލި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ރޭގެ ހަފްލާގައި މެންދުރު ޓީވީއާ ވާހަކަ ދައްކަވަމުން މުހައްމާ ބުނީއުއްމީދުކުރި ވަރަށްވުރެވެސް ފިލްމް ފުރިހަމަކަމަށެވެ.

ފިލްމެއް އުފައްދާއިރު އެންމެ ބޮޑަށް ވިސްނާ އެއްކަމަކީ މުޖުތަމައު އެ ފިލްމާ ދޭތެރޭ ދެކޭ ގޮތްކަމަށާއި އަދި މުޖުތަމައަށް އެ ފިލްމަކުން އިބްރަތްތެރި މެސެޖުތަކެއް ދިނުންކަން މުހައްމާ ފާހަގަކުރެއްވިއެވެ.

"ފިލްމަކީ މުޖުތަމައަށް ކިހާ މުހިންމު ފިލްމެއްތޯ. ފިލްމު ބަލާ ފަރާތްތަކަށް ކިހާ ރަނގަޅު މެސެޖެއް ފޯރުކޮށްދޭ ފިލްމެއްތޯ. ފިލްމު ބަލާފައި ބެލުންތެރިންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން ޔަގީންވެއްޖެ މިއީ ރެކޯޑު ފިލްމެއްކަން. މިއީ ޔޫއްޕެއަށް ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެއް. ބަޖެޓް ބޮޑުކަމުން އަތްލަން ނުކެރިފައި ހުއްޓާ އަޅުގަނޑާ ދިމާވެ މި ކަން މި ކުރެވުނީ". ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު އަބްދުﷲ (މުހައްމާ)

މި ފިލްމްގެ ޑައިރެކްޓަރ ޔޫސުފް ޝަފީއު( ޔޫއްޕެ) ފިލްމާ ބެހޭގޮތުން ބުނީ އިލްޒާމް އިން ދޭން ބޭނުންވި މެސެޖު ބެލުންތެރިން ބަލައިގެންފިކަމަށެވެ.

އިލްޒާމަކީ ވިޔަފާރި ފައިދާއަކަށް ވުރެ ބޮޑަށް މުޖުތަމައު އިސްލާހުކުރަން މުޖުތަމައުންގެ އަފްރާދުންނަށް ދޭން ބޭނުންވާ މެސެޖުތަކެއްގެ މައްޗަށް ބިނާ ކުރެވިފައިވާ ފިލްމެއްކަން ޔޫއްޕެވަނީ ފާހަގަކޮށްފައެވެ.

" މުޖުތަމައުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުއްޓޭ. އަދިވެސް އެއްފަހަރު ވިސްނާލަ ބަލާށޭ. ކޮންމެ ފަރުދަކުވެސް ކުޑަ އެހީތެރިކަމެއް ދީބަލާށޭ. އޭރުން އިރާދަކުރެއްވިއްޔާ ހަރުދަނާ މުޖުތަމައެއް ބިނާކުރެވިގެންދާނެއޭ". ފިލްމްގެ ޑައިރެކްޓަރ ޔޫސުފް ޝަފީއު( ޔޫއްޕެ)

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމްގައި ހިމެނޭ ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީޢު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ. މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާރ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިލްޒާމް" އިން ދޭން ބޭނުންވި މެސެޖު ބެލުންތެރިން ބަލައިގެންފި ޚަބަރު | 18 ގަޑިއިރު ކުރިން