logo
Bank of Maldives

Bank of Maldives

ޚަބަރު

ލެޖެންޑަރީ އެކްޓަރ ނިމާލް ނިޔާވެއްޖެ

މުޙައްމަދު އަފްރާޙް
26 ފެބްރުއަރީ 2026 - 05:58
ލެޖެންޑަރީ އެކްޓަރ ނިމާލް ނިޔާވެއްޖެ

ރާއްޖޭގެ ލެޖެންޑަރީ އެކްޓަރ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވެއްޖެއެވެ.

އުމުރުން 62 އަހަރުގައ އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިމާލަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. ދިވެހި ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ނިމާލު ވަނީ 1984 ވަނަ އަހަރު ފިލްމު "ނުފޫޒު" އިން ފެށިގެން މިހާތަނަށް 22 ވުރެ ގިނަ ފިލްމު ޑައިރެކްޓް ކޮށްފައެވެ.

މި ފަހުން ނިކުތް ގިނަ ފިލްމުތަކުގައި ވެސް ނިމާލު ވަނީ މަގުބޫލު ރޯލުތަކަކުން ފެނިގެން ގޮސްފައިވާއިރު، ނިމާލްގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި 1993 ވަނަ އަހަރު އޭނާ ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި ދިވެހި ފިލްމު "ސިޓީ" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަޤުބޫލު ކަމެއް ހޯދި ފިލްމެކެވެ.

ނިމާލް ޑައިރެކްޓު ކުރި އަދި އެކްޓުކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ 1991 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިމާލް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެޖެންޑަރީ އެކްޓަރ ނިމާލް ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން''ކަމަނަ'' އަށް ކަރްނާޓަކާ ފިލްމު ފެސްޓިވަލުގައި 3 އެވޯޑު، މިއީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްލައިފްސްޓްއިލް | 2 މަސް ކުރިންއަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސްޚަބަރު | 3 މަސް ކުރިން"އިލްޒާމް" އިން ދޭން ބޭނުންވި މެސެޖު ބެލުންތެރިން ބަލައިގެންފި ޚަބަރު | 4 މަސް ކުރިން