logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަސްވާދަ: ސެންޓޭގެ ހެޓްރިކުން ވިކްޓްރީ ބަލިކޮށް ނިއުޜޭޑިއަންޓް ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
21 އޮކްޓޯބަރު 2025 - 13:10
ފޮޓޯ: މެންދުުރު
ފޮޓޯ: މެންދުުރު

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، 4-0 އިން ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

"ރަސްވާދަ" ގެ ނަމުން ކުޅުނު މި މެޗުގައި ސެންޓޭގެ ފަރާތުން ވަނި މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗު ފެށިގެން 12 މިނިޓުގެ ތެރޭގައި ނިއު އިން ވަނީ 2 ލަނޑުޖަހާފައެވެ. މި ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭއެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_8682.JPG

މެޗުގެ މޮޅުކުޅުންތެރިޔާ ސެންޓޭ. ފޮޓޯ: ނިއުރޭޑިއަންޓް

މި މޮޅާއެކު ނިއު އިން ވަނީ ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ދެވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ނިއު އަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއީ މާޒިޔާއަށް ވުރެ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ.

Screenshot 2025-10-21 182218.png

ސްލޮވާކިއާގެ ކޯޗު ޖޯޖްލީ ގެރީގެ އިރުޝާދުގެ ދަށުން ވިކްޓްރީން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ގިނަ މައްސަލަތަކެއް ފެނިގެންދިޔައެވެ. މި މެޗުން ބަލިވުމާއެކު ވިކްޓްރީ އަށް ފުރަތަމަ ހަތަރު މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެ ޓީމު މިހާރު އޮތީ ލީގުގެ ހަތްވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިންނިއުރޭޑިއަންޓްގެ ކޯޗުކަމުން އަލީ ސުޒޭން ވަކިވެ ޓެކްނިކަލް ޑައިރެޚްޓަރަށްކުޅިވަރު | މަހެއް ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 2 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 2 މަސް ކުރިން