logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިން

ޢައްފާން މުޙައްމަދު
21 އޮކްޓޯބަރު 2025 - 14:12
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން -ފޮޓޯ/ މެންދުރު ޓީވީ
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން -ފޮޓޯ/ މެންދުރު ޓީވީ

ދިވެހި ލީގު، އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލިއިރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަން ބޭނުންވި ގިނަ ކަންކަން ވިކްޓްރީއާ ދެކޮޅަށް ކުޅުނު "ރަސްވާދަ" މެޗުގައި ރަނގަޅުކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަން ބޭނުންވާކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

ވާދަވެރި ވިކްޓްރީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެ ރަސްވާދަ މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން އެންމެފަހުން ނިއުރޭޑިއަންޓުން ލީގުގައި ކުޅުނު މެޗަށްފަހު މެންދުރު ޓީވީއާ ވާހަކަދައްކަވަމުން ސުޒެއިން ވަނީ، ބްރޭކަށް ދިއުމުގެ ކުރިން ކުޅުނު ތިން މެޗުން ނިއު މޮޅުވި ނަމަވެސް، ރަނގަޅުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން ބްރޭކް ތެރޭގައި އެކަންކަން ރަނގަޅުކުރަން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ.

ހާއްސަ ގޮތެއްގައި ޓީމުގެ އެޓޭކިންގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން އެ ދުވަހު ސުޒެއިން ފާހަގަކުރެއްވިއެވެ.

މިކަންކަމާ ގުޅޭގޮތުން ރަސްވާދަ މެޗަށްފަހު މެންދުރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސުޒެއިން ވިދާޅުވީ، މި މެޗުގެ ފޯރިގަދަކުރަން ހިންގި ހަރަކާތްތަކާއެކު، މެޗުގެ މުހިންމުކަން ފާހަގަވެ، މެޗުން މޮޅުވާން ޕްރެޝަރތަކެއް ކުޅުންތެރިންނަށް ވެސް އިހުސާސްވި ކަމަށެވެ. އެހެންނަމަވެސް މި މެޗުގެ މުހިންމުކަމާމެދު ބްރޭކްތެރޭގައި ކުރި ފަރިތަކުރުންތަކުގައި ވެސް ކުޅުންތެރިން ވަރަށް ބޮޑަށް ވިސްނައިގެން ބުރަ މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މި މެޗުގެ ނަތީޖާ ވަރަށް "ސްމޫތު" ކޮށް ދިޔަކަމަށް ސުޒެއިން ވިދާޅުވިއެވެ.

މެޗުން 0-4 ގެ ނަތީޖާއަކުން ނިއު މޮޅުވިއިރު، އިތުރު ލަނޑުތަކެއް ޖަހަން ވެސް ފުރުސަތު ލިބި، އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް، މެޗުން މޮޅުވުމަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތްތަކާއި، އެ ފުރުސަތުތައް ތަނަވަސްކުރަން ކުރި މުހިންމު، ކާމިޔާބު މަސައްކަތް ވެސް އެއީ ފާހަގަކުރަންޖެހޭ ކަމެއްކަމަށް ސުޒެއިން ވިދާޅުވިއެވެ. އަދި ބްރޭކުގެ ކުރިން ރަނގަޅުކުރަން ނިންމި ގިނަ ކަންތައްތަކެއް ރަނގަޅުކުރެވުނުކަން، ހިތްހަމަޖެހުމާއެކު ސުޒެއިން ފާޙަގަކުރެއްވިއެވެ.

މީގަ ވިސްނަންޖެހޭ އެބަ ކުޅުންތެރިން އެ ކުރި މަސައްކަތް. އަދި ޗާންސް މިސްވުން އެއީ، އެ ކުޅުންތެރިންގެ މަސައްކަތްތަކުން ހޯދި ޗާންސް އެއީ މިސްވިޔަސް. ދެން ބްރޭކް ތެރޭގައި ކުރަން ނިންމައިގެން ހުރި މަސައްކަތްތައް، ވަރަށް ގިނަ ކަންތައްތައް ކުރެވިފައި އަދި ޕޮޒިޓިވްކޮށް ގޮސްފައި ހުރިކަން ހަމަ ހިތްހަމަޖެހުމާއެކު ފާހަގަކުރަން - ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން

ރަސްވާދައިގެ ވާދަވެރިކަމުގައި ނިއުރޭޑިއަންޓާއި ވިކްޓްރީން ބައްދަލުކުރި މެޗުން ފަސޭހަކަމާއެކު ނިއުރޭޑިއަންޓް މޮޅުވިއިރު މި މެޗުގެ ފޯރި ގަދަކުރުމަށް ދެ ޓީމުގެ މެނޭޖްމަންޓުން ވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މެޗުގައި ދެ ޓީމުން ވެސް ބޭނުން ކޮށްފައިވަނީ އެ ދެ ޓީމުގެ ތާރީޚީ ކާމިޔާބީތަކެއް ރަމްޒުކޮށްދޭ ޖާޒީތަކެވެ.

މެޗުގައި ނިއުއިން ބޭނުންކުރި ފެއްސާއި ހުދު ކުލަ ހިމެނޭ ޖާޒީ އަކީ، ނިއުއިން އެންމެފުރަތަމަ ގައުމީ ތަށި އުފުލާލިއިރު 1982 ގައި ބޭނުންކުރި ޖާޒީއެވެ. ވިކްޓްރީން ބޭނުންކުރީ 1985 ވަނަ އަހަރު ވިކްޓްރީން ގައުމީ ތަށި މިލްކުކުރިއިރު ބޭނުންކުރި ޖާޒީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 7 ގަޑިއިރު ކުރިންބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިންކުޅިވަރު | 10 ގަޑިއިރު ކުރިންރަސްވާދަ: ސެންޓޭގެ ހެޓްރިކުން ވިކްޓްރީ ބަލިކޮށް ނިއުޜޭޑިއަންޓް ތާވަލުގެ އެއްވަނައަށްކުޅިވަރު | 11 ގަޑިއިރު ކުރިންރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެކުޅިވަރު | ދުވަހެއް ކުރިން