logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮަށްފި

އާމިނަތު ޝަފާ
22 އޮކްޓޯބަރު 2025 - 13:37
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ

އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮށް ނިމިފައިވާކަމަށާއި އަދި ބައެއް އާއިލާތަކުން މިހާރު ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.


ގެދޮރުވެރިޔާ ސްކީމްގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑު ހަވާލުކުރަން ފަށާފަވަނީ ހުސްވި ސެޕްޓެންބަރުމަހުގެ 5 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރަށް މައުލޫމާތުދެމުން އޭރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވަނީ އެންމެ ފުރަތަމަ ދޫކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ޔުނިތަށްކަމަށާއި އެ ޔުނިޓުތައް ހަވާލުކުރާއިރު ފިނިޝިންގ ގެ މަސައްކަތް ނިމި، ފެން، ކަނަރަންޓު އަދި ނަރުދަމާގެ ނިޒާމުވެސް ނިމިފައިވާނެ ކަމަށެވެ.

ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އެ ކޯޕަރޭޝަނުން މިއަދު ބުނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮށް ނިމިފައިވާކަމަށެވެ.

އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓްއެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ. އެ ކޯޕަރޭޝަނުން ބުނީ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށެވެ.

ފްލެޓްތަކުގެ ޑައުން ޕޭމަންޓް ސަރުކާރުން ކުޑަކޮށްދީފައިވާއިރު ފްލެޓްތަކަށް ގަވައިދުން ފައިސާ ދައްކާމީހުންނަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފިޚަބަރު | 10 ދުވަސް ކުރިންވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީ އާ ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންބާޒާރުމަތީގައި 6 ފަންގިފިލާގެ ވަސީލަތްތައް ފުރިހަމަ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފިޚަބަރު | 2 މަސް ކުރިންސުނާމީ މައިޒާން ތަރައްގީކުރަން ފަށައިފިޚަބަރު | 3 މަސް ކުރިން