logo
Bank of Maldives

Bank of Maldives

ޚަބަރު

''ރާޅު މަރިޔަނބު''ގެ ދަރިއަކު ނެތަސް ދަރިފުޅަށް އިހްމާލުވާކަމަށް ބުނެ ދަރިފުޅު ނަގަން ގުޅުމުން ކަންބޮޑުވުން

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޮކްޓޯބަރު 2025 - 10:44
މައީޝާ، ފޮޓޯ: މައީޝާގެ އިންޓަގްރާމް
މައީޝާ، ފޮޓޯ: މައީޝާގެ އިންޓަގްރާމް

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު)އަކީ މިހާތަނަށް ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ. އަދި އޭނާގެ ދަރިއަކު ވެސް ނުހުރެއެވެ.

މައީޝާ ކަންބޮޑުވުމަކާއި ހައިރާންކަމެއް ފާޅުކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުން މިވަނީ ހައިރާންކަން ލިބިފައެވެ. އޭނާގެ ޕޯސްޓުގައި ބުނެފައި ވަނީ، އޭނާގެ "ދަރިފުޅަށް އިހުމާލުވާ ކަމަށް" ބުނެ ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ގުޅައި، އެ ކުއްޖާ ނަގަަން ބޭނުންވާ ކަމަށް މިއަދު ބުނެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ މިއަދު ކަމަށް މައީޝާ ބުނެފައިވާއިރު، މައީޝާގެ ބުނެފައި ވަނީ، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އޭނާގެ ދައްތައަށް ގުޅައި، މައީޝާގެ 2 އަހަރުގެ ކުއްޖަކު ހުރި ކަމަށާއި، އެ ކުއްޖާ މައީޝާގެ ބެލުމުގެ ދަށުން ނަގަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. މިއީ ވަކި މީހަކު ނަން ނުބުނެ ހުށަހަޅާފައިވާ ރިޕޯޓެއްގެ ސަބަބުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވާ ކަމަށް މައީޝާ އިތުރަށް ބުންޏެވެ.

މައީޝާ ބުނި ގޮތުގައި، މިނިސްޓްރީން އޭނާއަށް ސީދާ ގުޅާފައި ނުވި ނަމަވެސް، ދައްތައަށް ގުޅުމުން އޭނާ ވަނީ މިނިސްޓްރީއަށް ގުޅައި ހަޤީގަތް އޮޅުންފިލުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މިނިސްޓްރީއަށް މި ކަން ސާފުކޮށްދޭން ނޭނގުނު ކަމަށް މައީޝާ ބުނެއެވެ. އޭގެ ފަހުން އޭނާގެ ދައްތަ އަނެއްކާވެސް ގުޅައި ބުނެފައި ވަނީ، މިނިސްޓްރީގެ މުވައްޒަފުން މައީޝާގެ ގޭގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

''އެމީހުން އަހަރެންނާ ގުޅާފައެއް ނެތް، އެކަމަކު އަހަރެންގެ ދައްތައަށް ގުޅާފައިވޭ. އެހެންވެ އަހަރެން އެމީހުންނަށް ގުޅާފައި މި ކުށްހީ ސާފުކޮށްދިނުމަށް މަސައްކަތްކުރިން. އެކަމަކު އެމީހުންނަށް އެއަށް ޖަވާބެއް ނުދެވުނު. ދެން އަހަރެންގެ ދައްތަ އަނެއްކާވެސް ގުޅާފައި ބުނީ މިނިސްޓްރީގެ މީހުން އަހަރެންގެ ގޭގައި ތަޙުޤީޤުކުރަމުންދާ ވާހަކަ'' މައީޝާ ބުނެފަވެއެވެ.

 

''ރެކޯޑަށްޓަކައި ދަންނަވަން، މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. އަހަރެންގެ ދަރިއެއް ނެތް! އިތުރު އަޕްޑޭޓްތައް އަންނާނެ. މިއީ ވަރަށް ބޮޑު ކުށްހީއެއް.'' ކަމާބެހޭ މުއައްސަސާތައް ޓެގްކޮށް އޭނާ ބުނެފަވެއެވެ.

މި ކަމާ ގުޅިގެން މައީޝާ ވަނީ ބޮޑު ހައިރާންކަމެއް ފާޅުކޮށް، އޭނާގެ ދަރިއަކު ނުހުންނަ ކަމަށާއި ކައިވެންޏެއް ވެސް ނުކުރާ ކަން ފާހަގަކޮށްފައެވެ. މި މައްސަލައިގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ރާޅު މަރިޔަނބު''ގެ ދަރިއަކު ނެތަސް ދަރިފުޅަށް އިހްމާލުވާކަމަށް ބުނެ ގުޅުމުން ކަންބޮޑުވުންޚަބަރު | 15 ދުވަސް ކުރިންނުކުޅެދުންތެރިންނަށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތުޚަބަރު | 8 މަސް ކުރިންދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު ދަށަށް ޚަބަރު | 9 މަސް ކުރިން