ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


13 މާރިޗު 2025 - 10:22
މިއަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ބައިވެރިވުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މި މައުރަޒު އިންތިޒާމުކުރަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްލައި ކުރަންޖެހޭނީ އީފާސް އެކައުންޓް މެދުވެރިކޮށެވެ. މި މައުރަޒުގައި ބައިވެރިވެވޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.
މައުރަޒާ ގުޅޭގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބީސީސީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެފެއާޒް ގުޅިގެން މަޢުލޫމާތު ސެޝަނެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަން އޮންނާނީ މިރޭ 9:30 ގައި ހުޅުމާޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީހުގައެވެ.
މައުރަޒުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އައިސީޓީ، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، ފެޝަން އެންޑް ޑިޒައިން، ޖު، ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް އަދި އެހެނިހެން އުފެއްދުންތަކުގެ ކެޓަގަރީ ހިމެނެއެވެ.
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 23 އިން 31 އަށް ހުޅުމާލޭގައެވެ. މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަން ދެއްކުމަށާއި، އެކި ދާއިރާތަކުން ހުނަރުވެރި ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުހިންމު މައުރަޒެކެވެ.
އިތުރު ލިޔުންތައް
