logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލްޑަން ބޫޓު ޔަޤީންވެފައިވާ މެސީ ހެޓްރިކާއެކު އެމްއެލްއެސް ރެގިއުލާ ސީޒަން ނިންމާލައިފި

އަބްދުﷲ ޣާނިމް
24 އޮކްޓޯބަރު 2025 - 05:01
ގޯލްޑަން ބޫޓު ޔަޤީންވެފައިވާ މެސީ ހެޓްރިކާއެކު އެމްއެލްއެސް ރެގިއުލާ ސީޒަން ނިންމާލައިފި

އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީގެ މޮޅު ކުޅުމާއެއިންޓަރ މަޔާމީއިން އެމްއެލްއެސްގެ ރެގިއުލާ ސީޒަންގެ ފަހުމެޗު ކާމިޔާބުކޮށްފިއެވެ. އެގޮތުން މިއަދު މަޔާމީއިން ވަނީ ނެޝްވިލް އެސްސީ 5-2 އިން ބަލިކޮށްފައެވެ. މިމެޗަށް ނިކުތްއިރުވެސް މެސީ ވަނީ ގޯލްޑަން ބޫޓު ހޯދައިފައެވެ. މި މެޗުގައި މެސީ ވަނީ ތިން ގޯލު ޖަހައި، އިތުރު އެސިސްޓެއް ވެސް ހަދާފައެވެ.

މި މެޗަށް ނުކުތް އިރުވެސް މަޔާމީއާއި ނެޝްވިލްއަށް ވެސް ޕްލޭއޮފްގެ ޖާގަ ޔަގީންވެފައިވިޔަސް، އަށް ފަހަރުގެ ބެލޮންޑޯ ޗެމްޕިއަން މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގެ ފެށުމާއެކު ބޮކްސްގެ ބޭރުން ކާވްކޮށްލި ހިތްގައިމު ގޯލަކުން މިއާމީއަށް ލީޑު ހޯދައިދިނީ މެސީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނެޝްވިލްގެ ސޭމް ސަރިޖް އާއި ޖޭކޮބް ޝެފަލްބާގް ދެ ގޯލު ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްލިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި މަޔާމީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ، މެސީ ވަނީ ގޯލަކަށް ބަދަލުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. އޭގެފަހުން މެސީގެ ޕާހަކުން ލުއިސް ސުއަރޭޒަށް ލިބުނު ފުރުސަތު ނެޝްވިލްގެ ގޯލްކީޕަރު ޖޯ ވިލިސް ސޭވް ކުރި ނަމަވެސް، ފޮލޯއަޕްގައި ބަލްޓަސާރ ރޮޑްރިގޭޒް ވަނީ ބޯޅަ ގޯލަށް ފޮނުވާލައި މަޔާމީއަށް ލީޑު ހޯދައިދީފައެވެ.

މެސީ ވަނީ މެޗުގެ 81 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް މަޔާމީގެ ލީޑު އިތުރަށް ބޮޑުކޮށްލާފައެވެ. އިތުރު ވަގުތުގެ ތެރޭގައި ޓެލަސްކޯ ސެގޯވިއާއަށް ވެސް މެސީ ވަނީ ހަމަޖެހިލާފައި އެސިސްޓެއް ދީފައެވެ. މި މޮޅާއެކު އިންޓަރ މަޔާމީ ލީގުގެ ތިންވަނަ މަގާމު ހޯދިއިރު، އެމީހުން ޕްލޭއޮފްގެ ފުރަތަމަ ބުރުގައި އަނެއްކާވެސް ނެޝްވިލް އާއި ދެކޮޅަށް ތިން މެޗުގެ ސީރީސްއެއް ކުޅޭނެއެވެ.

މެސީ ވަނީ އެމްއެލްއެސްގެ ތާރީޚުގައި އެއް ސީޒަންގައި 18 ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖަހައި އަދި 18 ނުވަތަ އެއަށްވުރެ ގިނަ އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރިކޯޑު ގާއިމުކޮށްފައެވެ. އޭނާ މި ސީޒަން ނިންމާލީ 29 ގޯލާއި 19 އެސިސްޓާއެކުގައެވެ.

މިދިޔަ ސީޒަނުގައިވެސް އެމްއެލްއެސްގެ މޮޅުކުޅުންތެރިޔާ ހޯދި މެސީ މިސީޒަނުގައިވެސް މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާނެކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | 13 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ތިން ލަނޑުގެ ލީޑެއްގައި އޮއްވާ މެސީގެ އިންޓަ މިއާމީ އޯލަންޑޯ އަތުން ބަލިވެއްޖެކުޅިވަރު | 22 ދުވަސް ކުރިންދަށް ނަތީޖާތަކާއި ޗެންޕިއަންސް ކަޕުން ކެޓުމާއި ގުޅިގެން މަޝަރާނޯ މެސީގެ މަޔާމީއިން އިސްތިއުފާދީފިކުޅިވަރު | މަހެއް ކުރިންފަސް ޗެންޕިއަންސް ލީގުގެ ވެރި ކަސެމީރޯ ތިން ޗެންޕިއަންސް ލީގުގެ ވެރި މެސީއާއެކު އެއްޓީމަކަށް ކުޅެއް އެއްބަސްވެއްޖެ - ރިޕޯރޓްސްކުޅިވަރު | މަހެއް ކުރިން