ވޯލްޑްކަޕްގެ ތާރީޚުގެ އެންމެގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމުހޯދައި ގޯޓް ޑިބޭޓް ނިންމާލައި ރޮނާލްޑޯގެ ސަޕޯޓަރުން މަހަށް ފޮނުވާލައިފި
23 ޖޫން 2026 - 08:56

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މިއަދު މުގުރާލައިފިއެވެ. އެމެރިކާގެ ޑަލަސްގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ޖެހި ދެ ލަނޑާއެކު އާޖެންޓީނާ ވަނީ 2-0 އިން މޮޅުވެ، މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ.
މި މެޗުގެ ކުރީކޮޅު މެސީ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އޭނާ ވަނީ ހިތްގައިމު ގޯލެއް ޖަހައި ރެކޯޑު އާކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. މި ނަތީޖާއާއެކު ގްރޫޕް ޖޭގެ އެއްވަނަ މަގާމު ކަށަވަރުކުރުމާ ގާތަށް އާޖެންޓީނާ ވަނީ ޖެހިލާފައެވެ.

Ad by Hajj Corporation
މިހާތަނަށް ވޯލްޑްކަޕްގައި ކުޅުނު 28 މެޗުން މެސީ ވަނީ 18 ލަނޑު ހަމަކޮށްފައެވެ. މިއާއެކު އޭނާ ވަނީ ކުރިން މި ރެކޯޑު އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާ (16 ލަނޑު) އަށްވުރެ ދެ ލަނޑު އިތުރަށް ޖަހާފައެވެ. މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން މެސީއާ އެންމެ ގާތްކުރަނީ 14 ލަނޑު ޖަހާފައިވާ ފްރާންސްގެ ކީލިއަން އެމްބާޕޭއެވެ.
ރޭގެ ދެ ގޯލާއެކު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމަށް މެސީއައިސްފައިވާއިރު، މިހާރު މެސީ ވަނީ ފުޓްބޯޅައިގެ ހޯދޭނެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. މިއާއެކު ގި ފުޓްބޯޅައިގެ ގިނަބަޔަކު ޤަބޫލުކުރަނީ ފުޓްބޯޅައިހެ ތާރީޚުގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާއަކީ ކާކުކަމާމެދު ކުރަމުންގެންދާ ބަހުސައް ނިމުމެއް އައިސްފައެވެ.
މީގެ އިތުރުން މެސީ ވަނީ ވޯލްޑްކަޕްގެ ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. މީގެ ކުރިން މި ކާމިޔާބީ ހޯދާފައިވަނީ 1958 ވަނަ އަހަރު ފްރާންސްގެ ޖަސްޓް ފޮންޓެއިން އަދި 1970 ވަނަ އަހަރު ބްރެޒިލްގެ ޖައިރްޒީނިއޯއެވެ. މިއީ މެސީގެ ކެރިއަރުގައި ޕެނަލްޓީއެއް ބޭކާރުވެފައިވަނިކޮށް، ރަސްމީ މެޗެއްގައި އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް Scaloni ގެ އިރުޝާދުގެ ދަށުން އެޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އޮސްޓްރިއާއަށް މުޅި މެޗުގައިވެސް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ބަލިވި ފަހުން، އާޖެންޓީނާ ވަނީ ވޯލްޑްކަޕްގައި ބަލިނުވެ އަށް މެޗު ހަމަކޮށްފައެވެ.
މި މޮޅާއެކު އާޖެންޓީނާ ގްރޫޕްގެ އެއްވަނަ ހޯދައިފިނަމަ، ޖުލައި 3 ވަނަ ދުވަހު މިއާމީގައި ބައްދަލުކުރާނީ ގްރޫޕް އެޗްގެ ދެވަނަ ޓީމާއެވެ. މިއީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިންއާ ކުރިން ބައްދަލުކުރަން ޖެހުމުން ސަލާމަތްވުމަށް ލިބޭނެ ފުރުސަތެކެވެ. އަނެއްކޮޅުން ބަލިވި އޮސްޓްރިއާއަށް ދެން އޮތީ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ ނިންމުންތެރި މެޗެވެ.


