logo
Bank of Maldives

Bank of Maldives

ޚަބަރު

ފީފާގެ ރައީސް އިންފަންޓީނޯ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޮކްޓޯބަރު 2025 - 06:45
އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔަނީ، ފޮޓޯ: އެފްއޭއެމް
އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔަނީ، ފޮޓޯ: އެފްއޭއެމް

ދުނިޔޭގެ ފުޓްބޯޅަ ބެލެހެއްޓުމަށް އުފައްދާފައިވާ އެންމެ ބޮޑު އިދާރާ ކަމަށްވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އިންފަންޓީނޯގެ މި ދަތުރަކީ ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި، ފީފާގެ އެހީތެރިކަން އިތުރަށް ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ކުޅިވަރުގެ ދާއިރާގެ މާހިރުން ދެކެ އެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ ސްވިޓްޒަލެންޑުގެ ޒިއުރިކުން ގަތަރު އެއާވޭޒްގެ ޕްރައިވެޓް ޖެޓެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. މީގެ އިތުރުން، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިވަގުތު ގައުމުން ބޭރުގައި ހުންނެވުމުގެ ސަބަބުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުނު ކަން ފާހަގަކުރެވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފީފާގެ ރައީސް އަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އޮތީ އެއާޕޯޓުގެ ވީއައިޕީ ލޯންޖުގެ ކުރިމަތީގަ އެވެ. މި ހަރަކާތުގައި އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި، ކްލަބްތަކުގެ އިސްވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ. އެތަނަށް އިންފަންޓީނޯ ނުކުމެވަޑައިގެންނެވުމާއެކު ރާއްޖޭގެ އެކަޑަމީތަކުގެ ކުދިން ވަނީ ދިދަތައް ވިހުރާލައި ހޫނު މަރުހަބާއެއް އަރިދާލާފަ އެވެ. ޒުވާން ކުޅުންތެރިންގެ ފަރާތުން ލިބުނު މި ހޫނު މަރުހަބާގެ ތެރެއިން އިންފަންޓީނޯ ވަނީ ވަރަށް ގިނަ ކުދިންނަށް އޮޓޯގްރާފް ދެއްވާފަ އެވެ.

މަރުހަބާގެ މި ހަރަކާތުގެ ތެރެއިން އިންފަންޓީނޯގެ ޝަރަފުގައި ވަނީ ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ އައިޓަމްތަކެއް ވެސް ހުށަހަޅާފަ އެވެ. މިއީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އިސްވެރިޔާ ދިވެހިރާއްޖޭގެ ސަގާފަތާ ގާތުން ބައްދަލުކުރެއްވި ވަގުތެކެވެ. މިކަމުން ދިވެހި ފުޓުބޯޅަ އާއި ސަގާފަތަށް ޚާއްސަ އިސްކަމެއް ދެވުނުކަން އަންގައިދެ އެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންފަންޓީނޯ ވަނީ ރާއްޖޭގެ އިސްވެރިންނާ ބައްދަލުކުރައްވައި ފުޓުބޯޅައިގެ ދާއިރާގައި ކުރިއަށް ރާވަމުންދާ މަޝްރޫއުތަކަށާއި، ފީފާގެ ތަރައްގީގެ ޕްރޮގްރާމްތަކުގެ ދަށުން ރާއްޖެއަށް ލިބޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގެ ސަބަބުން މާދަމާގެ ދިވެހި ފުޓުބޯޅައަށް އުޖާލާ މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް އެފްއޭއެމް އިން އުއްމީދުކުރެ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ފީފާގެ ރައީސް އާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިކުޅިވަރު | ދުވަހެއް ކުރިންފީފާގެ ރައީސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިންމުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެވޭ ގޮތަށްފަށާ މުބާރާތް އަންނަ މަހުގައި ފަށަނީކުޅިވަރު | ދުވަހެއް ކުރިންއިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެކުޅިވަރު | 2 ދުވަސް ކުރިން