މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި
25 އޮކްޓޯބަރު 2025 - 05:19

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި، ޗައިނާ ސަރުކާރާއެކު ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކޮންގް ޝިއަންހުއާއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާއިން ކުރާނެއެވެ.

Ad by Hajj Corporation
މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންކަން ވެސް ފާހަގަ ކޮށްލެވެއެވެ.
މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ އަޑިގުޑަން ވެފައިވާއިރު،ވިއްސާރަ މޫސުމުގައި އެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ޒަމާނީ ފެންވަރަށް މަގުތަށް އަލުން މަރާމާތްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.


