އެލް ކްލެސިކޯއިން ބާސެލޯނާ މޮޅުވާނެކަމުގެ 100% ޔަޤީންކަން ބާސާގެ ރައީސް ދީފި
25 އޮކްޓޯބަރު 2025 - 07:52

ކްލަބް ފުޓްބޯޅައިގެ އެންމެ ވާދަވެރި މެޗު ކަމަށްވާ 'އެލް ކްލެސިކޯ' މި ހަފްތާ ބަންދުގައި ކުޅުމަށް ތައްޔާރުވަމުން އަންނައިރު، ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އެމެޗުން ބާސެލޯނާ މޮޅުވާނެއެއްވަނައިގައިޥާ ރެއާލް އާއި ދެވަނައިގައިވާ ބާސެލޯނާއަށް ވަރަށް މުހިންމުމެޗެކެވެ.
މިއީ މި ސީޒަނުގެ އެންމެ މުހިއްމު މެޗުކަމަށް ބާސާ އިން ސިފަކުރާއިރު، ބާސާއިން ދަނީ ރެއާލް މެޑްރިޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 4 މެޗުތަކުގައި އެޓީމުން ދެއްކި ނަތީޖާ ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތްތަކުގެ ހަތަރު މެޗުން ވެސް ބާސެލޯނާ ވަނީ ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. މި ކާމިޔާބީތަކަށް ބަލާއިރު، ކުރިއަށް އޮތް ކްލާސިކޯއަށް ޓީމު ނުކުންނަ އިރު، ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެކަމަށް ލަޕޯޓާ ވަނީ ޔަޤީންކަން ދެއްވާފައެވެ.

Ad by Hajj Corporation
މެޗާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، އެލް ކްލާސިކޯއަކީ ވާދަވެރިކަން އެންމެ ބޮޑު މެޗުކަމުން ކުޅުންތެރިން އެންމެ ރަނގަޅު ފެންވަރު ދައްކަން ބޭނުންވާނެ ކަމަށެވެ. ލަޕޯޓާ އިތުރަށް ވިދާޅުވިއެވެ.
ލަޕޯޓާ ވަނީ މިފަހަރު ވެސް ބާސާ މޮޅުވާނެކަމަށް ޔަޤީންކަން ދެއްވާފައެވެ. "އަހަރެންނަށް އެބަޔަޤީން އެމީހުން އަހަރެމެންނަށް އުފާކުރުމުގެ ފުރުޞަތު ލިބޭނެ، ބާނާބެއުއިން އަހަރެމެން މޮޅުވާނެ، އެމީހުން ކުރިން ވެސް ކުޅުނު ގޮތަށް،" ލަޕޯޓާ ފުރަތަމަ ވިދާޅުވިއެވެ. "މިދިޔަ އަހަރު މިސާލަކަށް،ވީ ވެސް މިހެން. އިއްޔެ ވެސް އަހަރެން ޓްރެއިނިން އަށްފަހު ޓީމާ އެކު މެންދުރު ކެއިން، އަދި އެމީހުން ވަރަށް ހިތްވަރު ލިބިފައި، ވަރަށް ފޯކަސްވެފައި ތިބިކަން އަހަރެންނަށް ފެނުނު." ބާސާ މޮޅުވާނެކަމުގެ ޔަޤީންކަންދެމުން ލަޕޯޓާ ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ބާސެލޯނާގެ ޒުވާން ކުލުންތެރިޔާ ލަމީން ޔަމާލް ވެސް ވަނީ ރެއާލް މެޑްރިޑުން ވަގުހަދާކަމަށް ބުނެ، މިފަހުން އިންޓަވިއުއެއްގައި ވާހަކަ ދައްކާފައެވެ. އަދި މިބަސްތަކާއި ގުޅިގެން ރެއާލް މެޑްރިޑްގެ ކުލުންތެރިންނާއި މެނޭޖްމަންޓުން ވަރަށް ހިތްހަމަނުޖެހިފައިވާކަން މީޑިޔާތަކުން ބުނެއެވެ. އެހެންކަމުން މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ މެޗަކަށް ވާނެއެވެ.


