logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަ ވޮޓުގެ ދެ ޖަނަރޭޓަރު ގެންދަނީ

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 11:40
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަ ވޮޓުގެ ދެ ޖަނަރޭޓަރު ގެންދަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 1.8 މެގަ ވޮޓުގެ އައު 2 ޖެނެރޭޓަރު އެސިޓީއަށް ގެންދިއުމަށްޓަކައި ލޯޑު ކުރެވިފައިވާކަމަށް ފެނަކައިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި ޖެނެރޭތަރުތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މި ދެ ޖެނެރޭޓަރު އައްޑުއަށް ގެންގޮސް އެ ސިޓީގެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސަައްކަތް އަވަހަށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަކީ މިއަދާ ޖެހެންދެންވެސް ހައްލު ނުވެ އޮތް މައްސަލައެކެވެ.

މި މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް މީގެ ކުރިންވެސް ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ހަލާކުވެފައިވާ ޖަނަރޭޓަރުތައް މަރާމާތުކުރުމާއި އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 15 ދުވަސް ކުރިންސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 2 މަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 2 މަސް ކުރިންފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި ޚަބަރު | 2 މަސް ކުރިން