logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލްގެ ވާހަކަތަކާގުޅިގެން ސްޕެއިން ޓީމުތެރޭގައި މައްސަލަތަކެއް، އެއްބަޔަކު އަނެއްބަޔަކާ އަން ފޮލޯ ކުރަން ފަށައިފި

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2025 - 05:20
ޔަމާލްގެ ވާހަކަތަކާގުޅިގެން ސްޕެއިން ޓީމުތެރޭގައި މައްސަލަތަކެއް، އެއްބަޔަކު އަނެއްބަޔަކާ އަން ފޮލޯ ކުރަން ފަށައިފި

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ރޫޙު ގެއްލި، މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މާކާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމުގެ އަޑީގައިވަނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލާމީން ޔަމާލްއެވެ. ޔަމާލްގެ އެލް ކްލެސިކޯގެ ކުރިން ދިން ޕޮޑްކާސްޓެއްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއްކޮށް ވާހަކަ ދައްކާފައިވާއިރު، މިކަމާގުޅިގެން އެލް ކްލެސިކޯ މެޗަށްފަހު ހަމަނުޖެހުންތަކެއް ހިނގިއެވެ. އޭގެ ތެރޭގައި ސްޕެއިން ޓީމުގެ ވައިސް ކެޕްޓަން އާއި ޔަމާލް އާއި އެހެނިހެން ސްޕެއިން ކުޅުންތެރޭގައި ދެބަސްވުންތަކެއް ހިނގިއެވެ.

ކްލެސިކޯ މެޗުގެ ކުރިން ޔަމާލްބުނެފައިވާ ގޮތުގައި ރެއާލް މެޑްރިޑް އަކީ “ވައްކަންކުރާ” ޓީމެކެވެ. މި ވާހަކަތަކުގެ ސަބަބުން ސްޕެއިން ގައުމީ ޓީމުގައި ހިމެނޭ ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ރެއާލް މެޑްރިޑް އިން 2-1 އިން މެޗު ކާމިޔާބުކުރުމަށް ފަހު، ޑެނީ ކާވަހާލް ވަނީ ޔަމާލްއަށް މަލާމާތްކޮށް، އޭނާ “ވާހަކަ ގިނަ” ކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެކުޅުންތެރިންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ހާމަވަނީ ޔަމާލް އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކާވަހާލް ފޮލޯކުރުން ހުއްޓާލާފައިވާތީއެވެ. މީގެ އިތުރުން ސްޕެއިންގެ ކުޅުންތެރިންކަމަށްވާ ޖެރާޑް މާޓިން އާއި ޕެޑްރީވެސް ވަނީ ކަރަވަހާލް އަށް ފޮލޯކުރުން ހުއްޓާލާފައެވެ. މިއީ މިމައްސަލައިގެ ހިޔާލު ތަފާތުވުން އަދިވެސް ނުނިމޭކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ގައުމީ ޓީމުގެ ޑިއުޓީގައި މި ދެކުޅުންތެރިން ވެސް ޕްރޮފެޝަނަލްކޮށް އުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ނަމަވެސް، އަންނަ މަހު ގައުމީ ޓީމުގެ ތެރެއިން ޔަމާލް އާއި ކާވަހާލް ބައްދަލުކުރާއިރު، މި ނުތަނަވަސްކަން އިތުރަށް ބޮޑުވެ، މައްސަލަ އުފެދިދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ގައުމީ ޓީމުގެ އެއްބައިވަންތަކަން މިކަމުގެ ސަބަބުން ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފިކުޅިވަރު | 22 ދުވަސް ކުރިންއަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީކުޅިވަރު | 24 ދުވަސް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިންއަނިޔާވެ ޔަމާލްއަށް އެލް ކްލެސިކޯ ގެއްލިދާނެކަމުގެ ބިރު, ވޯލްޑްކަޕަށްވެސް އަސަރުކޮށްފާނެކުޅިވަރު | 2 މަސް ކުރިން