logo
MPL

MPL

ޚަބަރު

އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހުން ޑްރާފްޓް ކުރަން ފާސްކޮށްފި

އާމިނަތު ޝަފާ
28 އޮކްޓޯބަރު 2025 - 06:21
އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހުން ޑްރާފްޓް ކުރަން ފާސްކޮށްފި

އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހުން ޑްރާފްޓް ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު އެ ނޫން ވެސް މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދައި އެ ބަޔާންތައް ހާމަ ކުރަން ޖެހޭ ގޮތަށް އޮޑިޓް އޮފީހުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ގުޅޭ ގޮތުން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ އެސެޓް ރިކަވަރީ ބިލް ތައްޔާރު ކުރުމަށް މަޖިލީހުން މަސައްކަތް ކުރުމަށް ހުށަހަޅާފައެވެ. ނާޒިމްގެ ހުށަހެޅުން ފާސްކުރީ ކޮމެޓީގައި ބައިވެރި މެންބަރުންގެ އިއްތިފާގުންނެވެ.

މެމްބަރު ނާޒިމް ވަނީ ބަންޑާރަ ނައިބަށް ވެސް ލަފާ ދެއްވޭގޮތަށް އެސެޓް ރިކަވަރީ ގާނޫނެއް ތައްޔާރުކުރުމުގެ މަސައްކަތް މަޖިލީހުގެ ފަރާތުން ކޮށްދިނުމަށް ކައުންސެލް ޖެނެރަލަށް ދެންނެވުމަށް ހުށަހަޅުއްވާފައެވެ.

އެސެޓް ރިކަވަރީ ބިލެއްގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މި ބިލު މަޖިލީހަށް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވާއިރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން، ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން މިފަހުން ވަނީ ފަޅާއަރާފައެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާއި، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | 3 ދުވަސް ކުރިންހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއުޚަބަރު | 3 ދުވަސް ކުރިންގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 3 ދުވަސް ކުރިން2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 4 ދުވަސް ކުރިން