logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިއްތިޙާދު އަތުން ބަލިވެ، ރޮނާލްޑޯގެ އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފި

އަބްދުﷲ ޣާނިމް
29 އޮކްޓޯބަރު 2025 - 04:30
އިއްތިޙާދު އަތުން ބަލިވެ، ރޮނާލްޑޯގެ އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ ބައްދަލުކުރި ސައުދީ ކިންގް ކަޕްގެ ވަރުގަދަ މެޗު ފްރާންސްގެ ފޯވާޑް ބެންޒެމާގެ ޓީމު އަލް އިއްތިހާދަށް ކާމިޔާބުކޮށްފިއެވެ. އަލް އިއްތިހާދުން ވަނީ އަލް ނަޞްރު 2-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ނަތީޖާއާއެކު ލީގުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޖޯޖް ޖީސަސްގެ އަލް ނަޞްރު ވަނީ ކަޕް މުބާރާތުން ބޭރުވެފައެވެ.

ސީޒަންގެ ފެށުން އެހާ ރަނގަޅު ނުވި ނަމަވެސް، ކަރީމް ބެންޒެމާ ވަނީ މުހިންމު ވަގުތެއްގައި އޭނާގެ ގޯލުޖެހުމުގެ ޤާބިލިއްޔަތު އަލުން ދައްކާލާފައެވެ. ފްރާންސްގެ މި ސްޓްރައިކަރު ވަނީ އަލް އިއްތިހާދަށް މެޗުގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. އޭނާގެ ގޯލާއެކު މިދިޔަ އަހަރުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކުޅުންތެރިންނަށް އިތުބާރު ލިބި، މެޗުގައި ޓީމުގެ ފަރާތުން ރަނޣަޅު ކުލުމެއް ވަނީ ފެނިގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލް ނަޞްރުން މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ފޯވާޑް އެންޖެލޯ ޖެހިގޯލަކުން ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް، އަލްޖީރިއާގެ މިޑްފީލްޑަރު ހައުސެމް ވަނީ ގޯލްކީޕަރު ޕްރެޑްރެގް ރާޖްކޮވިޗް ކައިރިން ވަރަށް ފަސޭހަކަމާއެކު ގޯލެއް ޖަހައި، އަލް އިއްތިހާދަށް އަލުން ލީޑު ނަގައިދީފައެވެ.

އަލް ނަޞްރުން ޖުމްލަ 22 ޝޮޓް ފޮނުވާލާފައިވާއިރު އަލް އިއްތިހާދުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް އެ ޓީމަށް ވަނީ ނާކާމިޔާބުވެފައެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިއްތިޙާދުގެ އަލް ޖުލައިދާންއަށް ރަތް ކާޑު ދެއްކުމާއެކު އަލް ނަޞްރުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. ނަމަވެސް އިއްތިޙާދުން ވަނީ ޑިފެންސް ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.

އަލް ނަޞްރު ކިންގްސް ކަޕުން ކެޓިނަމަވެސް، އެޓީމު އޮތީ ސަޢޫދީ ޕްރޯ ލީގުގެ އެއްވަނައިގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޗުން މޮޅުވަންދެން ހުއްޓާނުލައި ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު މޮޅުވެއްޖެކުޅިވަރު | 4 ދުވަސް ކުރިންއިއްތިޙާދު އަތުން ބަލިވެ، ރޮނާލްޑޯގެ އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފިކުޅިވަރު | 8 ދުވަސް ކުރިންރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 16 ދުވަސް ކުރިންރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފިކުޅިވަރު | 22 ދުވަސް ކުރިން