logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފި

ޢައްފާން މުޙައްމަދު
29 އޮކްޓޯބަރު 2025 - 07:51
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް، ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވަންޖެހޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުންގެ ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 7 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 7 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 7 ދުވަސް ކުރިން