logo
Bank of Maldives

Bank of Maldives

ޚަބަރު

ބައްސާމު އަށް އިތުރު 5 އަހަރު ގެ ޖަލު ހުކުމެއް

އައިޝަތު ނަޝާ
30 އޮކްޓޯބަރު 2025 - 13:33
ބައްސާމު އަށް އިތުރު 5 އަހަރު ގެ ޖަލު ހުކުމެއް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއެކު، 154،000 ރުފިޔާގެ ޖޫރިމަނާއެއް މިއަދު ކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބައްސާމްގެ މައްޗަށް އުފުލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އޭނާގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވެގެންނެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ އެކުށުގެ އަދަބަކަށް 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ވަނީ ލުއި އަދަބެއް ދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމުގައި ވަނީ އެފްއޭއެމްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބައްސާމް ބޭނުންކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި އޭނާ 5 އަހަރަށް ޖަލަށްލުމާއެކު 154،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގާޒީ ވަނީ ހުކުމް ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 13 ދުވަސް ކުރިންބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފިޚަބަރު | 2 މަސް ކުރިންސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ ކުޅިވަރު | 3 މަސް ކުރިންފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ ކުޅިވަރު | 4 މަސް ކުރިން