logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިޓަލީގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޔުވެންޓަސްގެ ކޯޗަކަމަށް

އަބްދުﷲ ޣާނިމް
31 އޮކްޓޯބަރު 2025 - 03:00
އިޓަލީގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޔުވެންޓަސްގެ ކޯޗަކަމަށް

އިޓަލީގެ ޔުވެންޓަސްގެ އާ ހެޑް ކޯޗަކަށް ލޫސިއާނޯ ސްޕަލެޓީ ހަމަޖައްސައިފި އެވެ. އެގޮތުން އޭނާ ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކްލަބާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސްޕަލެޓީ މި މަގާމަށް އައީ ކުރިން އެ މަގާމުގައި ހުރި އިގޯރ ޓޫޑޯރގެ ބަދަލުގަ އެވެ.

ސްޕަލެޓީ، ކޯޗިން ކެރިއަރު ފެށީ 30 އަހަރު ކުރިންނެވެ. އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ސްޕޭޒިއާ އާއި އެމްޕޮލީ ފަދަ ކްލަބުތަކަށް ކުޅެފައިވެ އެވެ. ކޯޗިން ކެރިއަރު ފެށީ ވެސް އެމްޕޮލީގައި ކަމަށްވާއިރު، އެ ކްލަބަށް ސީރީ ސީ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްދިނުމަށް ފަހު، ސީރީ އޭ އަށް ޕްރޮމޯޓުކޮށްދިނެވެ. މިކަމުގެ ސަބަބުން އޭނާ ވަނީ އިޓަލީގެ އެންމެ ނަން މަޝްހޫރު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2000 ގެ އަހަރުތަކުގެ ކުރީކޮޅު އުޑިނޭސީއާ އެކު ސްޕަލެޓީ ވަނީ ތިން އަހަރު ވިދިވިދިގެން ޔޫރަޕިއަން މުބާރާތްތަކަށް ކޮލިފައިވުމުގެ ކާމިޔާބީ ހޯދާފަ އެވެ. އަދި 2004/05 ސީޒަނުގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިދިނުމަށް ފަހު، އޭނާ ވަނީ ޖެހިގެން އައި ހަތަރު ސީޒަނަށް ރޯމާއަށް ބަދަލުވެފަ އެވެ. ރޯމާގައި އޭނާ ވަނީ ދެ ކޮޕާ އިޓާލިއާ އާއި ސުޕަރކޮޕާ އިޓާލިއާ ކާމިޔާބުކޮށްފަ އެވެ.

2009 އިން 2014 އާ ދެމެދު ސްޕަލެޓީ ވަނީ ޒެނިތު ސެއިންޓް ޕީޓަސްބާގްގެ ކޯޗުކަން ކޮށް، ދެ ލީގު ޓައިޓަލާއި، ޑޮމެސްޓިކް ކަޕެއްގެ އިތުރުން ރަޝިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އޭނާ އިޓަލީ އަށް އެނބުރި އައިސް ރޯމާ އާއި އިންޓަރ މިލާނަށް ކޯޗުކަން ކޮށްދިނެވެ.

 ސްޕަލެޓީ 2022/23 ސީޒަން ނިމުނުއިރު ނަޕޯލީއާ އެކު ސީރީ އޭ ޓައިޓަލް ކާމިޔާބުކުރި އެވެ. އޭގެ ފަހުން މި އަހަރުގެ ޖޫން މަހާ ހަމައަށް އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޓަލީގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޔުވެންޓަސްގެ ކޯޗަކަމަށްކުޅިވަރު | 8 ގަޑިއިރު ކުރިންޔުވެންޓަސް ބަލިކޮށް ޗެންޕިއަންސް ލީގުގައި ރެއާލް 100% ރެކޯޑާއެކު ކުރިޔަށްކުޅިވަރު | 8 ދުވަސް ކުރިންޔުވެންޓަސްއިން ޖޯއާއޯ މާރިއޯގެ ސޮއި ހޯދައިފިކުޅިވަރު | 3 މަސް ކުރިންޖޮނަތަން ޑޭވިޑް ޔުވެންޓަސް އަށްކުޅިވަރު | 4 މަސް ކުރިން